Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑްގެ ވޭދަނަތަކެއް ފެނި އިތުރު ފަސް ރަށް ބަންދުކޮށްފި

ކޮވިޑްގެ ވޭދަނަތަކެއް ފެނި އިތުރު ފަސް ރަށް ބަންދުކޮށްފި

ކޮވިޑް-19އަށް ފައްސި ވޭދަނަތަކެއް ފެނި، އިތުރު ފަސް ރަށަކަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އދ. މަހިބަދޫ އާއި ވ. ތިނަދޫ، ށ. ކަނޑިތީމު، ހދ. ނޮޅިވަރަމްގެ އިތުރުން މ. ވޭވަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ، ކޮވިޑަށް ފައްސިވީ ވޭދަނަތަކާ ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ކޮވިޑަށް ފައްސި ވޭދަނަތަކެއް ފެނިގެން އިއްޔެ ވެސް ދެ ރަށެއް ބަންދު ކުރިއެވެ. އެއީ ށ. މިލަންދޫއާއި މުންޑޫއެވެ. މިލަންދޫއިން ވަނީ ހަތަރު މީހަކު ފައްސިވެފައެވެ. މި ހަފްތާގެ މެދުތެރެއިން ފެށިގެން މުންޑޫއިން ކޮވިޑްގެ ފައްސި ވޭދަނަތައް ދަނީ ފެންނަމުންނެވެ. އިއްޔެ ނެގި ސުންކުތަކުން ވެސް ބައެއް ސުންކު ވަނީ ފައްސިވެފައެވެ.

މިވަގުތު އެޗްޕީއޭގެ މޮނީޓަރިންއަށް 21 ރަށެއް ލައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް