Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނައިފަރު ގެއެއްގެ ކަރަންޓު ބިލް ބޮޑުވީ ސިސްޓަމުން އެސެސްމެންޓް ނުހަދާ ފޮނުވުމުން: ފެނަކަ

ނައިފަރު ގެއެއްގެ ކަރަންޓު ބިލް ބޮޑުވީ ސިސްޓަމުން އެސެސްމެންޓް ނުހަދާ ފޮނުވުމުން: ފެނަކަ

ނައިފަރު ގެއެއްގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ސިސްޓަމުން ހަދަން ޖެހޭ އެސެސްމެންޓެއް ނުހަދާ ބިލް އެންޓާ ކުރެވުމުން ކަމަށް ފެނަކައިން ބުނެފިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ ޑެޕިއުޓީ ރީޖަނަލް މެނޭޖަރ ހާމިދު ޔާމީން ވިދާޅުވީ ބިލް ބޮޑުވެފައިވާ ގޭގައި ހުންނަނީ ކުރީގެ މީޓަރެއްކަމުގައިވާތީ ސިސްޓަމުން ހަދަން ޖެހޭ އެސެސްމެންޓް ނުހަދާ ބިލްގެ އަދަދު ޖެހިއްޖެ ނަމަ އަންނާނީ ބޮޑު އަދަދެއް ކަމަށެވެ.

"މައްސަލަ ދިމާވީ ކުރީގެ މީޓަރެއް ވީމަ ސިސްޓަމުން ހަދަން ޖެހޭ އެސެސްމެންޓް ނުހަދާ ބިލް ހެދުނީމަ. އެއީ ބައެއް ފަހަރު ދެން ދިމާވާ މައްސަލައެއް. މީގެ ކުރިން މިހެން ދިމާވީމަ ކަސްޓަމަރުން އަޅުގަނޑަށް ގުޅާލާފަ އެބަ ބުނޭ މިހެން ވެފަ އޮންނަ ކަމަށް ދެން އަޅުގަނޑުމެން އެކަން ރަނގަޅުކޮށްލައިދެން. ދެން މިފަހަރު ތަންކޮޅެއް ބޮޑަށް ސިޔާސީކޮށް ދިޔަގޮތަކަށް މިވީ" ޔާމީން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ނައިފަރުގެ ގެއެއްގެ ކަރަންޓު ބިލަށް ވަނީ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ އަރައިފައެވެ. ސޯޝަލް މީޑިޔާގައި ދައުރު ވަމުން އަންނަ މި ބިލާ ގުލޭ ޕޯސްޓަށް ގިނަ ބަޔަކު ފާޑު ކިޔައިފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގަައި ބިލް ބޮޑުވެފައި ވަނީ ހަމައެކަނި މި ބިލުގައެވެ. އަދި އެހެން އެއްވެސް ގެއެއްގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް