ޚަބަރު

އެމްއާރުއެމްގެ ރައްދު ރައީސް ނަޝީދަށް: އަބަދުވެސް ތާޢީދު ކުރަނީ ރިޔާސީ ނިޒާމަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މައުމޫނާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި އަދި އެ މަޝްވަރާގައި ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެއްބަސްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރއެމް)އިން ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދަށް ދިން ހަމަލާއަށް އެ މަނިކުފާނު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީ ފިޔަވައި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ރައީސް މައުމޫން ވެސް ނިޒާމު ބަދަލު ކުރަން ރައްޔިތުން ކުރެން ފެންނަ ނުފެންނަ ވޯޓެއް އެހުމަށް ތާއީދު ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރަން ތާއީދު އޮތްކަން އެނގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިއަދު އެމްއާރއެމްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެމް.އާރް.އެމްއިން އަބަދުވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމައިފައި ނުވާނެކަމަށާއި ނުވަތަ އެއްވެސް ފަރާތަކާ އެކު އެއްބަސް ވެފައިވެސް ނުވާނެކަމަށް ވެސް އެ ޕާޓީން ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ އަބަދުވެސް ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މިގޮތުން 2007 ވަނަ އަހަރު އޮތް ނިޒާމު ކަނޑައެޅުމުގެ ވޯޓްގައި، އޭރު ރައީސް މައުމޫން ލީޑް ކުރައްވަމުން ގެންދެވި ޑީއާރޕީއިން ތާއީދުކޮށްފައި ވަނީ ރިޔާސީ ނިޒާމަށެވެ. 2007 ވަނަ އަހަރު އޮތް ނިޒާމީ ވޯޓުގައި، ރިޔާސީ ނިޒާމު ބޭއްވުމަށް ފެންނަ ކަމަށް 95،619 މީހުން ވޯޓު ދީފައިވާއިރު، ބަރުލަމާނީ ނިޒާމަށް ދީފައި ވަނީ 58،504 ވޯޓެވެ. ބާތިލު ވޯޓްގެ އަދަދަކީ 1،767 އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 199،841 މީހުންގެ ތެރެއިން 155،890 މީހުން ވޯޓުގައި ބައިވެރިވެފައި ވެއެވެ.

  1. ގަންޖާ

    މީނާކޮންމެވެސްޑުރާމާއެއްގެބޮޑުވަޒީރުކަންދޭއެބަޖެހޭ ކެނެރީގޭ ކަޑަކޮހާ މިކަލޭގެ ވެހިބަޔަކުވެސް ލަދުންހަލާކު

  2. ކިލެގެފާނު

    މިކަލޭގެ މިބޮޑުވަޒީރުކަމާހެދި އާރޭފުހުސޭނަވީހެންމުޔަވެ އޮރިޔާމު މާލެތެރޭދުވާނެދުވަސްވެސްއަންނާނެ

  3. ގަންޖާ

    ސަދޫމުގެބޮޑުވަޒީރު އަލްފާސިލަގަންޖާބޯ ލާދީނީ ލިވާތު ރާބޯ އައިރާ