Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ޤައިދީ ނިޔާވުމުން އާއިލާއަށް އެކަން ސިއްރު ކުރި ކަމަށް ކުރާ ތުހުމަތުތައް ތަޙްޤީޤް ކުރަން މަލިޖިލީހަށް

ޤައިދީ ނިޔާވުމުން އާއިލާއަށް އެކަން ސިއްރު ކުރި ކަމަށް ކުރާ ތުހުމަތުތައް ތަޙްޤީޤް ކުރަން މަލިޖިލީހަށް

ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ނިޔާވުމާ ގުޅިގެން އާއިލާއިން ކުރާ ތުހުމަތުތައް ބަލައި މިނިވަން ތަހްޤީޤެއް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ގައިދީގެ މަރުގެ މައްސަލަ އާއިލާއަށް ސިއްރުކޮށްފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރަން ޖެހޭ އުސޫލާ ޚިލާފަށް ކަންކަން ކޮށްފައިވާތީ މިކަން ބަލައިދީ މިނިވަން ތަޙްޤީޤެއް ކޮށްދިނުމަށް އެދޭ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދިން ގޮތުގައި ރޭ ނިޔާވީ ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމެވެ.

Advertisement
Ooredoo — Square (box)

ސާޅީސް އަހަރުގެ އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. ކުއްލި ގޮތަކަށް އޭނާ ނިޔާވިއިރު އޭނާއަކީ ބޮޑު ބޭހަކަށް ފަރުވާ ކުރަމުންދާ މީހެއް ނޫނެވެ.

މިމައްސަލަ ހުށަހަޅުވަމުން އާދަމް ޝަރީފް ވިދާޅުވީ، އަސްލަމްގެ މަރުގެ ޚަބަރު އާއިލާއަށް އެނގުނީ ކަރެކްޝަންގެ ފަރާތުން ނޫން ކަމަށެވެ އަދި އެމެޖެންސީ ހާލަތުގައި ގުޅަން އޮތް ނަންބަރަށް ނުގުޅާ ކަމަށާއި ކަރެކްޝަންއިން އަމަލުކޮށްފައި ވަނީ އުސޫލުން ބޭރުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މުޙައްމަދު އަސްލަމްގެ މަރުގެ މައްސަލަ އާއިލާއަށް ނާންގައި ސިއްރުކޮށްފައިވާ ކަމަށް އާއިލާއިން ބުނަމުންދާތީއާއި ހުޅުމާލޭ ޖަލުގައި އޭނާ ހުއްޓާ ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ހަވީރު 5 ޖަހާ ކަންހާއިރު ގެންދެވިފައިވާ ކަމަށާއި ނަމަވެސް އާއިލާއިން މިކަމުގެ މައުލޫމާތު ލިބިފައި ވަނީ މުޙައްމަދު އަސްލަމް ނިޔާވެއްޖެ ކަމަށް ބުނެ އެހެން ފަރާތަކުން ގުޅައިފައި ދިން މައުލޫމާތަކުން އިރުއޮއްސި 7 ޖެހިފަހުން ކަމަށާއި މި މައުލޫމާތު ލިބިގެން އާއިލާގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބި ކަރެކްޝަންސްގެ އޮފިސަރުންނާއި ސުވާލު ކުރުމުން އަސްލަމަށް ފަރުވާ ދެމުންދާ ކަމަށް ބުނެފައިވާ ކަމަށާއި އޭގެ ފަހުން އެތައް އިރެއްވީއިރު ވެސް މައުލޫމާތެއް ނުލިބިގެން ގަދަ ކަމުން ހޮސްޕިޓަލުގައި މުޙައްމަދު އަސްލަމް ބާއްވައިފައި އޮތް ކޮޓަރިއަށް އާއިލާގެ ފަރާތުން ވަން އިރު، އޭނާ މަރުވެފައި އެތައް އިރެއްވެފައިވާ ކަމަށް އާއިލާއަށް އެނގިފައިވާ ކަމަށް" ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް އުމަަރު ވިދާޅުވިއެވެ.

ކުއްލި މައްސަލަ ބަލަން މަޖިލީހުން ފާސްކޮށްފައި ވަނީ، ވޯޓްގައި ބައިވެރިވެ ވަޑައިގަތް 24 މެންބަރުންގެ އިއްތިފާޤުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް