ޚަބަރު

އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނުގައި އޮންނަ އެއްވުންތަކާއި ޙަފްލާތަކަށް ދިޔުމުގެ ޙުކުމް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަނަކަށް މުސްލިމަކު ޒިޔާރަތްކޮށް އެ ތަނެއްގައި އޮންނަ ޙަފްލާއެއް ނުވަތަ އެނޫން ވެސް ކަމެއްގައި ބައިވެރިވުމުގައި ނުރަނގަޅު އެތައް ކަމެއް ހިމެނެއެވެ.

Ads by STELCO

އޭގެ ތެރޭގައި:

  1. اللهއަށް ޝިރްކުކުރެވޭ އެފަދަ ތަންތަން އިޙްޔާކޮށް ދިރުވުމުގައި ބައިވެރިވެވުން. އެތަންތަނަކީ اللهއަށް ދަރިކަލަކުވާކަމަށް ގަބޫލުކުރާ, އަދި އަޅުކަން ކުރުމުގައި الله ފިޔަވައި އެހެން ފަރާތްތައްވާ ކަމަށް ގަބޫލުކުރާ މީހުންގެ އަޅުކަން ކުރުމުގެ މަރްކަޒެއްކަމުން މުސްލިމުން އެފަދަ ތަންތަނުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ.
  2. ހަމައެފަދައިން, މުސްލިމުންގެ ވެރިންނަށް ތިއްބަވާ ބޭފުޅުން އެފަދަ ތަންތަނަށް ޒިޔާރަތްކޮށް, އެބައިމީހުންގެ އަޅުކަންތަކުގައި ބައިވެރިވެ ހެދުމަކީ ޢާއްމު ރައްޔިތުންގެ ޝުޢޫރުތަކާއި އިޙްސާސްތައް ކަތިލެވޭ ފަދަ ކަމެކެވެ. މީގެ ސަބަބުން, މީސްތަކުންނަށް ހީވެގެންދަނީ އެތަންތަނުގައި ކުރެވޭ ކަންތައްތަކަކީ ރަގަޅު ކަންތަކެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން الله އަށް ޝަރީކުކުރާ މީހުންނަށް އިތުރު ހިތްވަރު ލިބިގެންދެއެވެ.
  3. އދ ފަދަ ދުނިޔޭގެ ހުރިހާ ދީނެއްގެ މީހުން ބައިވެރިވާ ޖަމްޢިއްޔާއެއްގައި ހުރިހާ ދީންތަކަށް އެބައިމީހުންގެ މިނިވަންކަން ދެވިފައި އޮންނައިރު, މުސްލިމަކު އޭނާގެ ދީނުގެ އަސާސްތަކުގައި ހިފަހައްޓައި, އަދި އޭނާގެ ގައުމުގެ ރަޢްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް, އެފަދަ ތަންތަނުން ދުރުހެލިވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އޮންނަން ވެސް ޖެހޭނެއެވެ. ވީމާ, ދިވެރިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ އިސްވެރިޔަކު ކްރިސްޓިއަން ފައްޅިއެއްގެ ތެރޭގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވީވުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ, އަދި އެކަން ރަގަޅުކޮށް ދިފާޢުގައި ވާހަކަ ދެއްކޭނެ އެއްވެސް ޖާގަ އެއް އޮތް ކަމެއް ނޫނެވެ. މިފަދަ ކަންތައް ކުރިޔަށް އޮތް ތަނުގައި ތަކްރާރުވިޔަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. والله أعلم

  1. ސޭހުިޔާޒަށް މިސހަރުކާރުންވިއްޔާ އެގޮތްވެސް ރަގަޅުވާނެބަ

  2. އިބްރާހީމް

    ރަނގަޅު/ނުރަގަޅު. ހުކުމް ތަކުގަ ހިމެނޭ ހެނެއް ހިޔެއް ނުވޭ! (ހަރާމް/ހުއްދަ/ހުއްދަ ނޫން)މިފަދަ ގޮތަކައް އޮޅުން ފިލުވާލަދިނުން ވަރައް ބޮޑައް އެދެން

  3. ޙޮސޭން

    ކޮބާ ހުސެއިން ރަޝީދު އަހުމަދުގެ ބަހެއް މިކަމުގަވެސް ބޭނުންވޭ!

  4. ޅުޠުފީ

    އަމިއްލަަ މަސްލަހަތައްް ދީންް ވިއްކާފަަ މިއޮތީީ.ިކަމުގެެ ޙުކުމްް ބަޔާންކޮށްލަދޭންވެސްް ޖެހިލުންވެފަަ އެހުރީި.