Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދިވެހި ސިނަމާ

ރޯމަންގެ ފަރާތުން އާޝާއަަށް ދިން އުފަން ދުވަހުގެ ހަދިޔާ: ރީތި ލޯބީގެ ލަވައެއްގެ ރީމޭކް ޓިކްޓޮކެއް!

ރޯމަންގެ ފަރާތުން އާޝާއަަށް ދިން އުފަން ދުވަހުގެ ހަދިޔާ: ރީތި ލޯބީގެ ލަވައެއްގެ ރީމޭކް ޓިކްޓޮކެއް!

މިއަދަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ)ގެ އުފަން ދުވަހެވެ.

އުފަން ދުވަހުގެ ތަހުނިޔާއާއި ހަދިޔާ އެކި ފަރާތްތަކުން އާޝާއަށް ދީފައިވާއިރު، އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށްވާ މަޝްހޫރު އެކްޓަރ މުޙައްމަދު ވިޝާލް (ރޯމަން) މިވަނީ ވަރަށް ތަފާތު ހަދިޔާއެއް ދީފައެވެ.

އާޝާއަށް އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ރޯމަން ދިނީ މީގެ އަހަރުތަކެއް ކުރިން ނުކުތް ވަރަށް ރީތި ލޯބީގެ ލަވައެއް ކަމަށްވާ "މޭގައި އެރޭ ފިރުމާލާ"ގެ ރީމޭކް ޓިކްޓޮކްއެކެވެ.

Advertisement
Ooredoo — Truecaller (box)

އެ ޓިކްޓޮކްގައި އެންމެ ފުރަތަމަ ފެންނަނީ ރޯމަންއާއި އާޝާ ވަރަށް ލޯބިން އެ ލަވައަށް އެކްޓު ކުރާ މަންޒަރެވެ.

ކުޑަ ނެށުމަކާ ވެސް އެކު ކުޅެފައިވާ މި ވީޑިއޯގެ އެންމެ ޙާއްސަ ކަމަކީ، ވީޑިއޯ ނިމުމާ ކައިރިކޮށް ގެނެސްފައިވާ ޓްވިސްޓެވެ. އެ ޓްވިސްޓުން ފެންނަނީ މި ލަވައިގެ އޮރިޖިނަލް ވީޑިއޯއިން ފެންނަ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝީލާ ނަޖީބްއާއި މުޙައްމަދު މަނިކެވެ.

<img class="alignnone wp-image-114588 size-large" src="https://cdn.dhen.mv/wp-content/uploads/2021/09/20210916_215720-1024x759.jpg" alt="" width="1024" height="759" />

ލަވަކިޔުންތެރިޔާ ހުސެއިން ސޮބާހާއި ޝިފާ ތައުފީޤް ކިޔާފައިވާ މި ލަވައިގެ ވީޑިއޯ ޔޫޓިއުބަށް ލައިފައި ވަނީ 2014 ވަނަ އަހަރުގައެވެ. މަނިކުއާއި ޝީލާގެ މި ލަވަ އެއިރުން ފެށިގެން ވަނީ ވަރަށް ގިނަ މީހުންނަށް ވަނީ ކަމުގޮސްފައެވެ.

އާޝާގެ އުފަން ދުވަހަށް ޚާއްސަކޮށް ރޯމަން ހަދިޔާ އެއްގެ ގޮތުގައި ހެދި މިޓިކްޓޮކް އަކީ ރޯމަންގެ އަމިއްލަ ކޮންސެޕްޓަކަށް ކުޅެފައިވާ ޓިކްޓޮކްއެކެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދަމުން ގެންދާ "ގިރިޓީ ލޯބި" ސެޓް ތެރޭގައި ކުޅެފައިވާ މި ވީޑިއޯ ޝޫޓް ކޮށްދިނީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

ރޯމަންއަކީ މިފަދައިން ކުރީގެ ދިވެހި ލަވަތަކުގެ ރީމޭކް ހެދުމަށް ޝައުޤުވެރިކަން ގެންގުޅޭ ފަންނާނެއްކަން އެތައް ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ރަމަޟާން މަހު ބައިސްކޯފުން ގެނެސްދިން ޓޯކް ޝޯއެއްގެ ސެޓް ތެރޭގައި ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ނިއުމާ މުޙައްމަދު، އައިޝަތު ޝިރާނީ އަދި މަރިޔަމް ނިޝާއާ އެކު ވެސް އެމީހުންގެ ލަވަތަކުގެ ރީމޭކް ޓިކްޓޮކްއެއް ކުޅެފައެވެ.

<a href="https://vm.tiktok.com/ZSJEoExv3/">އާޝާއަށް ރޯމަން ދިން ހަދިޔާ</a>

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް