Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަރަންޓީނާ ނުލާ ޔޫކޭއިން ރާއްޖެއިން އާދެވޭ ގޮތް ހަދައިފި

ކަރަންޓީނާ ނުލާ ޔޫކޭއިން ރާއްޖެއިން އާދެވޭ ގޮތް ހަދައިފި
ރާއްޖެ ހިމެނޭގެން 12 ގައުމެއް ޔޫކޭގެ ރެޑް ލިސްޓުން ނަގައިފިއެވެ. އިނގިރޭސި ސަރުކާރުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް އެތެރެވުން މަނާ ޤައުމުތައް ކަނޑައަޅާ "ރެޑް ލިސްޓް"ގެ ނަމުގައި ލިސްޓެއް ވަނީ އެކުލަވައިލައިފައެވެ. އަދި މި ލިސްޓުގައި ހިމެނޭ ޤައުމުތަކުން އިނގިރޭސި ވިލާތަށް އެތެރެވުމުގައި ކުރަން ޖެހޭ ބައެއް ކަންކަން ވަނީ ހިމަނައިފައެވެ. ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ޔޫކޭއިން ރިވިއު ކުރާ މި ލިސްޓުން ރާއްޖެއާ އެކު މިފަހަރު އުނިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ، ބަނގްލަދޭޝް، ޑޮމިނިކަން ރިޕަބްލިކް، އިންޑޮނޭޝިޔާ، ކެންޔާ، މެކްސިކޯ، ޕާކިސްތާން، ޕެރޫ، ސައުތު އެފްރިކާ، ސްރީލަންކާ އަދި ތުރުކީވެސް ހިމެނެއެވެ. ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުންދާ އެއް ގައުމެކެވެ. އެހެންކަމުން ޔޫކޭ ރެޑް ލިސްޓުން ރާއްްޖެ އުނި ކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެންދާނެއެވެ.
ޔޫކޭގެ ރެޑް ލިސްޓްގައި މިވަގުތު ވެސް 62 ގައުމެއް އެބައޮތެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް