Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަދު އައްޑޫގައި ހިނގި މާރާމާރީގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

މިއަދު އައްޑޫގައި ހިނގި މާރާމާރީގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

މިއަދު އައްޑޫގައި ހިނގި މާރާމާރީއެއްގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާގައި ޒަޚަމްވި މީހާގެ ބޮލަށާއި ގައިގެ އެހެން ތަންތަނަށް ވަނީ ގިނަ ޒަޚަމްތަކެއް ލިބިފައެވެ. މިވަގުތު އޭނާ އޮތީ ހޭވެރިކަމުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް، އިތުރު ފަރުވާ ހޯދުމަށް އޭނާ މާލެ ފުރުވައިލުމުގެ މަސައްކަތް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ.

މިއަދު މެންދުރު 12 ޖަހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މިރޭ ވެސް އައްޑޫގައި ސައިކަލެއްގައި ދިޔަ މީހަކަށް ހަމަލާދީ މާރާމާރީއެއް ހިނގާފައިވެއެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ 27 އަހަރުުގެ ފިރިހެނަކަށާއި 23 އަހަރުގެ އަންހެނަކަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް