ސިވިލް ސާވަންޓުންގެ އިހްތިޖާޖް: މާދަމާއަކީ"ނޯވޯކް ޑޭ"އެއް

ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުން އަވަސްކުރަން ސަރުކާރަށް ޕްރެޝާކުރުމަށް ސިވިލް ސާވަންޓުން މިއަދު ފަށައިފައިވާ ހިމޭން އިހްތިޖާޖްގައި މާދަމާ "ނޯ ވޯކް ޑޭ"އެއްގެ ގޮތުގައި ފާހަގަ ކުރުމަށް ނިންމައިފިއެވެ.
ސިވިލް ސާވަންޓުންގެ އިހްތިޖާޖްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން"އަށް ވިދާޅުވީ މިއަދުގެ އިހްތިޖާޖުގައި ގާތްގަނޑަކަށް ހުރިހާ ސިވިލް ސާވަންޓުން ބައިވެރިވަމުންދާކަމަށެވެ.
"މިއަދު ހުރިހާ އެންމެން ނިކުތީ ކަޅު ހެދުމުގައި. ދެން މާދަމާ މި ފާހަގަ ކުރަނީ ނޯ ވޯކް ޑޭ އެއްގެ ގޮތުގައި. އެގޮތުން މާދަމާ އުޅޭނެ ދެބައެއް. އެއްބަޔަކީ ވަޒީފާއަށް ނުކުން މީހުން އަނެއްބަޔަކީ ނުނިކުންނަ މީހުން. ނިކުންނަ މީހުން ވެސް މަސައްކަތެއް ނުކުރާނެ. އެއީ ނޯ ވޯކް ޑޭ" އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަދު ސިވިސް ސާވަންޓުން ފެށި އިހްތިޖާޖްގައި އަދިވެސް ކުރިއަށް ހަރަކާތްތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް ދެން އޮންނަ ހަރަކާތެއް ފައިނަލް ކުރާނީ މާދަމާގެ ހަރަކާތައް ފަހުގައި ކަމަށެވެ.
އިހުތިޖާޖުކުރާ ސިވިލް ސަރވަންޓުންގެ ޑިމާންޑުތަކުގެ ތެރޭގައި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ހުރިހާ މަގާމުތަކަށް ސެޓްފިކެޓުގެ ކުރިއެރުން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ. އޭގެ އިތުރުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމަކީ ވެސް އެ މީހުން ކުރާ ޑިމާންޑެކެވެ.




.webp)
ކޮމެންޓް