ބުރަ މަސައްކަތުން އުފެއްދި ޕާޓީ ނަޝީދަށް ގެއްލި، ޞާލިޙަށް ބާރުތައް އެކުވެއްޖެ!
އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާތައް އާންމުވެގެން އައިއިރު، މި އިންތިޚާބުގައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ކެމްޕެއިންއަށް ތާއީދު ހޯދުމަށް ކެމްޕޭން ކުރަމުންދިޔަ ނަޝީދުގެ ތާއީދު އޮތް ގިނަ ކެނޑިޑޭޓުންނަށް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ ނެގި ވޯޓްގެ ވަރަށް ގިނަ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ ސާފުވެފައެވެ.
އިންތިހާބާއެކު ކުރިއަށް އޮތް ޤައުމީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ވެސް ރައީސް ސޯލިހަށް ލިބިގެން ދިޔައީއެވެ. ރައީސް ޞާލިޙްގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވަނީ މިހެންނެވެ. އެއާ އެކު އެމްޑީޕީގެ ތެރެއިން ކަންކަން ނިންމުމަށް ރައީސް ޞާލިޙުއަށް ވަރަށް ފަސޭހަވާނެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދެ ރައީސުންގެ ދެމެދުގައި އުފެދުނު ކޮޅިގަނޑުގެ ތެރޭގައި ގަދަ ވަޔާ އެކު އައިބަހުގެ ތޫފާނުގައި ރައީސް ޞާލިޙަށް ޕާޓީގެ ރިޔާސީ ޓިކެޓު ވެސް ގެއްލިދާނެ ފަދަ އަޑުތައް ފެތުރެނެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ގަދަ ހިފުމަށް ފަހު ރައީސް ޞާލިޙު ވަނީ އެ ރެސްލިން މެޗު ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓު ވެސް ކަށަވަރު ކުރައްވައިފައެވެ.
މީގެ އިތުރުން އެ އިންތިހާބަކީ ރިޔާސީ ފެކްޝަނާއި ބަރުލަމާނީ ފެކްޝަންގެ މެދުގައި ނެގުނު ވޯޓެެއްގެ ގޮތުގައި ވެސް އެއްބަޔަކު ސިފަކުރިއެވެ. އެހެންކަމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ދެން ބަދަލުނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރައީސް ސޯލިހުގެ ފެކްޝަނުން މި އިންތިހާބު ކާމިޔާބު ބޭފުޅުންނަށް ބަލާއިރު އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ޞާލިޙުގެ އެންމެ އަރިސް ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ރައިސް ކަމަށްވެސް ހޮވިވަޑައިގެންފައި ވަނީ ރައީސް ޞާލިޙު ތާއީދު ކުރެއްވި ކެންޑިޑޭޓެވެ.
މި މޮޅާ އެކު އެނގިގެން ދިޔައީ ރައީސް ޞާލިޙުގެ ހިދުމަތް އެމްޑީޕީން ބަލައިގަތް މިންވަރުކަމަށް ނަން ހާމަނުކުރުމަށް އެދި އެމްޑީޕީ މެމްބަަރަކު ވަނީ ވިދާޅުވެފައެވެ.
"މިއީ ރައީސް ނަޝީދުގެ އަމިއްލަ އެދުން އިސްކުރުމުން ވީ ގޮތް. ބަރުލަމާނީ ގެނެސް ބޮޑުވަޒީރުކަމަށް އައުމުގެ ދަހިވެތިކަން ހިތު ތެރޭގައި ބާއްވައިގެން ރައްޔިތުންނަށް ބޭވަފާތެރިވުމުގެ ނަތީޖާ މި ފެންނަނީ" އޭނާ ވިދާޅުވިއެވެ.
ކޮންމެއަކަސް މި ނަތީޖާއާ އެކު ދެން އެމްޑީޕީ ގައުމީ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ވެސް ރައީސް ޞާލިޙުގެ ހުއްދަ ނުވަތަ އެ މަނިކުފާނަށް އެނގިވަޑައިގަތުމަކާ ނުލައި ނުބޭއްވޭނެއެވެ.
މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ ރައީސް ނަޝީދުއާ މެދު ދެން ކަންވެގެން ދާނެ ގޮތެކެވެ. އެމްޑީޕީއަކި ރައީސް ނަޝިދު ނުހަނު ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެން އުފެއްދެވި ޕާޓީއެކެވެ. ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ދިގު ތިރީސް އަހަރު ނިމުމަކަށް ގެނައުމަށް ސިލޯނުގެ ވެރިރަށް ކޮޅުނބުގައި އެތައް ރެއެއްގެ ނިދި ޤުރުބާން ކުރައްވައި ރައީސް ނަޝީދުއާއި މިތުރުން ކުރި ބުރަ މަސައްކަތުން ވުޖޫދަށް ގެނައި އެމްޑީޕީ މިއަދު ރައީސް ނަޝީދު އަތްޕުޅުން ގެއްލުނީބާވައެވެ؟
އެކުގައި އެއްކޮށް އުޅުނު ކުޑައިރުގެ އެކުވެރިޔާ އެންމެ ފަހުން މަޑުން ހުންނަވައި ރައީސް ނަޝީދުގެ ކަރަށް ފައިން އެރީބާވައެވެ؟ ކަތިވަޅި ގެއްލި ކޮށި ދަނޑު ގެއްލި މަރުޔަނބުިވެސް ރައީސް ނަޝީދުއަށް ގެއްލުނީބާވައެވެ؟
ނަމަވެސް ރައީސް ނަޝީދުގެ ބަސްފުޅު މިކަމުގައި ތަފާތެވެ. އެ މަނިކުފާނު ވިދާޅުވަނީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވީ ބަރުލަމާނީ ލޯގޯ ޖެއްސެވި ބޭފުޅުންކަމަށާއި އެހެންކަމުން ކުރި ހޯދީ ބަރުލަމާނީ ފެކްޝަން ކަމަށެވެ.
އެމްޑީޕީ ތެރޭގައި ދެބަސްވުން ގިނަވެ ފެކްޝަން ހެދިފައި ވީ ނަމަވެސް ފެކްޝަނުން ނަން ދެމުން ގެންދާތީ އެމްޑީޕީ މެމްބަރުން އެކަމާ މެދު ނުރުހުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެމްޑިޕީގެ މެމްބަރު، ލޯކަލް ގަވަންމަންޓު އޮތޯރިޓީގެ ރައީސާ އަފްޝަން ލަތީފު ވަނީ އެމްޑީޕީއަކީ ފެކްޝަންއެއް އޮންނަ ޕާޓިއެއް ނޫން ކަމަށާއި އެއީ އަބަދުވެސް އެކަތި ގަނޑެއްގެ ގޮތުގައި އޮންނާނެ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ.
ކޮންމެއަކަސް ހޮނިހިރު ދުވަހުގެ އިންތިޚާބަކީ މުޅި ޤައުމަށް ވެސް ލިބިގެން ދިޔަ މުހިއްމު މެސެޖަކަށްވާއިރު މިއީ އެމްޑީޕީ ކޯލިޝަންއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެއެވެ.
ކަތިވަޅިގެއްލި މަރިޔަނބުގެއްލި ކޮށިދަނޑުވެސްގެއލުނީ މިކަމުގައި އެހެންމީހެއްގެ އިހްމާލެއްނެއް މީގެންގުޅޭފިކުރާދިވެހިންގަޔާނުވެ އަނެއްދިވެހިރާއްޖެ އަށްބަދަލުކުރަންނޭދޭކަމުގެ އަލިގަދަދަލީލެއް ލާދީނީ ފިކުރަކަށް މިތާކުޖާގައެއްނުލިބޭނެ އެކަންކުރަންބޭނުންވެގެންއުޅޭމީހުން ދެއަތުގެއިނގިލިތަކުން ގިނާލެވޭހާމަދު….
ދެން ކަލޯ ލާދީނީކުދިންކޮޅާއެކު އައުޕާޓީއެއްހަދާ އެޕާޓީގެނަމަލަވާންވާނީ މޯޑިވިއަން ބާކީ އެންޑު ލާދީނީ ޕާޓީ
ޙައްގަކާނުލާ ޔާމީނުހައްޔަރުކޮންގެން ދެންކޮމްމެގޮތަކަންއުޅުނަސް ބެހޭނެމީހަކު ނުހުންނާނެތީވެދެވެރިންދަތްތައްސޭލު އަޅުވާގެންތިބިވަރު މަރުވާނެކަމައްވެސްގަބޫލުނުކުރެވެނީދޯ
ތިޔަ ހުރިހާ ވާހަކައެއްވެސް ތިޔަ ދައްކަނީ ހަމައެކަނި މީޑިއާގެ މީހުން . ބަލަން ތިބޭ އެންމެ ފަހު ވަގުތު އިބޫ ހުންނާނީ އަންނިއާ އެއްކޮޅަށް ބަރުލަމާނީ އަށް ތާއީދު ކުރުމުގަ. އަންނި ގޮތަށް އަގަ ދިޔާވެގެން އުޅޭ މީހެއް ނޫން އިބޫއަކީ . ބުނޭނު މަޑުން ތިބޭ ގުރާ ބާރަށް ދައިގަންްނާނެއޭ.