Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްޑޫ ސިޓީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދަށް 10 ދުވަސް

އައްޑޫ ސިޓީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދަށް 10 ދުވަސް

އައްޑޫ ސިޓީގައި ހިނގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި ދެ މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އެ ދެމީހުން ހައްޔަރު ކުރީ މާރާމާރީ ހިންގައި، ދެ މީހަކު ޒަހަމް ކޮށްލި މައްސަލައިގައެވެ.

މި މަހުގެ 17ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

Advertisement
HDC — Sidebar (box)

މި މާރާމާރީ ހިންގައިފައި ވަނީ ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ.

މާރާމާރީގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ފިިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް