Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ފެލިވަރު ބަނދަރުގެ މަސައްކަތް ނިމުމުން މަސް ނުކިރި ތިބޭކަށް ނުޖެހޭނެ: މިނިސްޓަރ

ފެލިވަރު ބަނދަރުގެ މަސައްކަތް ނިމުމުން މަސް ނުކިރި ތިބޭކަށް ނުޖެހޭނެ: މިނިސްޓަރ

ފެލިވަރު ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް ނިމުމުން އުތުރުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރި ލަސްވެގެން މިހާރު ތިބެން ޖެހޭ ތިބުން ނިމުމަކަށް އަންނާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ރިޔާސީ އިންތިޚާބުގައި ޅ.ނައިފަރަށް ވަޑައިގެން އެ ރަށުގައި އައިސް ޕްލާންޓެއް އަޅުއްވަން ވެވަޑައިގެންނެވި ވައުދާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެއީ ރައީސް ޞާލިޙްގެ ވަޢުދެއް ނޫން ކަމަށާއި އެ ދުވަހުގެ ޖަލްސާގެ ރިކޯޑިންގ ވެސް އެބައޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޙުސައިން އިތުރަށް ވިދާޅުވީ އޭގެ ސަބަބުން ދެން މިކުރާ އެހެން އިންވެސްޓްމެންޓްތަކާ އެކު މަސް ފިނިކުރުމުގެ އިންތިޒާމްތަކާ އެކު މަހުގެ ކޮލިޓީ ރަނގަޅުވެ އޭގެ ސަބަބުން މަހަށް މިހާރު ލިބޭ އަގަށް ވުރެ ރަނގަޅު އަގު ވެސް ލިބޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ފެލިވަރު ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް ނިމުނީމަ އުތުރުގެ މަސްވެރިން މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރި ލަސްވެގެން މިހާރު ތިބެންޖެހޭ ތިބުން ނިމުމަކަށް އަންނާނެ. އަދި އޭގެ ސަބަބުން ދެން މިކުރާ އެހެން އިންވެސްޓްމެންޓްތަކާއެކު މިދެންނެވީ މަސް ފިނިކުރުމުގެ އިންތިޒާމްތަކާއެކު މަހުގެ ކޮލިޓީ ރަނގަޅުވާނެ އޭގެ ސަބަބުން މަހަށް މިހާރު ލިބޭ އަގަށް ވުރެ ރަނގަޅު އަގު ވެސް ލިބޭނެ އޭގެ ފައިދާ މަސްވެރިންނަށް ހަމަ ކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ހުސައިން އިތުރަށް ވިދާޅުވީ ފެލިވަރު އަޕްގްރޭޑިންގެ މަސައްކަތުގެ ސަބަބުން ސީދާ ނައިފަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި މިގޮތުން ނައިފަރުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ 175 ޓަނަށް އަޕްގްރޭޑް ކުރެވުނީމަ ނައިފަރުގެ މަސްވެރިންނަށް ބޭނުންވާ އަައިސް ދީފައި ބާކީވާ ވަރަށް ވެސް އައިސް ހުންނާނެ ކަމަށާއި އެ ރަށުގެ ބަނދަރަކީ ވެސް މިހާރަށް ވުރެ ތަރައްގީ ބަނދަރަކަށް ވާނެ މީގެ ފައިދާ ނައިފަރަށް ކުރާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް