ބޮލީވުޑް

މައްސަލައަކާ ހެދި އާމިރުއާއި ޖޫހީ އެކަކު އަނެކަކާ ވާހަކަ ނުދައްކާ 7 އަހަރު ތިބި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑް ތަރިންގެ ތެރެއިން މަޝްހޫރު އެކްޓަރުން ކަމަށްވާ އާމިރު ޚާންއާއި ޖޫހީ ޗާވްލާގެ ޖޯޑަކީ އެތައް ބަޔަކަށް ކުރިން ވަރަށް ކަމުދިޔަ ޖޯޑެކެވެ.

Ads by Sosun Fihaara

އެ ދެ މީހުންގެ އޮން-ސްކްރީން ކެމިސްޓްރީގެ ވަރުގަދަކަން، ދެ މީހުންގެ ވެސް ފުރަތަމަ ފިލްމު "ޤަޔާމަތުސޭ ޤަޔާމަތު ތަކް"އަށް ފަހު ވެސް ވަނީ މީހުންގެ ސަމާލުކަމަށް އައިސްފައެވެ. އަދި އެ ފިލްމަށް ފަހު ޖޫހީއާއި އާމިރު ޚާން އެކުގައި ގިނަ ފިލްމުތަކުން ފެނުމަށް ބެލުންތެރިން އެދެމުން ދިޔައެވެ.

ޖޫހީއާއި އާމިރުގެ އޮން-ސްކްރީން ގުޅުން ކިތަންމެ ވަރުގަދަ ނަމަވެސް، އޮފް-ސްކްރީންގައި މި ދެ ތަރިންގެ މެދުގައި ވެސް ބޮޑު މައްސަލައެއް ޖެހުނެވެ.

އާމިރު ޚާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ފިލްމު "އިޝްޤް"ގެ ޝޫޓިންގް ތެރޭގައި ޖެހުނު "ކުޑަ" މައްސަލައަކާ ހެދި ޖޫހީއާ ދެ މީހުން ވާހަކަ ނުދައްކާ ހަތް އަހަރު ދުވަސް ވަންދެން ތިބި ކަމަށެވެ. އޭނާ ބުނީ އެ މައްސަލައަށް ފަހު، ޝޫޓިންގ ސެޓް ތެރޭގައި ވެސް ޖޫހީއާ ވާހަކަ ނުދެއްކި ކަމަށާއި ޖޫހީ އޭނާ ކައިރީގައި އިށީނަސް ދުރަށް ދާ ކަމަށެވެ.

އާމިރު ޚާން އިތުރަށް ބުނީ، ޖޫހީއާ އަލުން ވާހަކަ ދައްކަން ފެށީ 2002ވަނަ އަހަރު އޭނާގެ އެއިރުގެ އަންހެނުން ރީނާ ދައްތާގެ ކައިވެނި ރޫޅުނު ޚަބަރާއެކު ކަމަށެވެ. ޖޫހީއަކީ ރީނާގެ ވެސް އެކުވެރިއަކަށް ވާތީ ދެ މީހުން އަލުން ސުލްޙަ ކުރުވޭތޯ އޭނާ މަސައްކަތް ކުރި ކަމަށް ވެސް އާމިރު ޚާން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!