ޚަބަރު

ޓިކްޓޮކްގައި ބަރަހަނާވި "ޔާޔާ"ގެ ބަންދަށް އިތުރު 12 ދުވަސް ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާއްމު ކުރި ޔާޔާ ނަބީލުގެ ބަންދަށް އިތުރު 12 ދުވަސް ޖަހައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ ކުރިން އޭނާއަށް ޖަހައިފައިވާ މުއްދަތު ހަމަވެ، މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 12 ދުވަސް ޖަހައިފައިވާ ކަމަށެވެ.

މީސް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި "ޔާޔާ" ހައްޔަރު ކުރީ މި މަހުގެ ކުރީކޮޅުގައެވެ.

ކޯޓުގައި ނަބީލް ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ އޮރިޔާންކާޑު ވީޑިއޯއަކީ އޭނާ ހަދައިފައިވާ ވީޑިއޯއެއް ނޫން ކަމަށާއި، އެ ވީޑިއޯއަކީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި ޓިކްޓޮކްއަށް 3 މިނެޓްގެ ވީޑިއޯއެއް ނުލެވޭނެ ކަމަށާއި ލެވޭނީ 60 ސިކުންތުގެ ވީޑިއޯ ކަމަށް އޭނާ ބުންޏެވެ.

ޝަރީއަތުގައި ފުލުހުން ވަނީ ، ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ.

ޔާޔާ"އަކީ އަންހެން ހެދުން އަޅައިގެން ވަރަށް ގިނައިން ފޮޓޯއާއި ވީޑިއޯ އާންމު ކޮށްފައިވާ ފިރިހެނެކެވެ. އޭނާގެ އެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައެވެ.

  1. ހިޔަލަ

    ހުކުން ތަންފީޒްކޮށް ހަރުކަށި އަދަބުދީ