ދުނިޔެ ޔޫރަޕް

އަންހެން ކުދިންނާ މާ ކައިރިން ދުއްވައިފައި ދާނަމަ ފިޔަވަޅު އަޅަން ގޮވައިލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިނގިރޭސިވިލާތުގައި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް އެތައް ބަޔަކު ދަނީ އަޑު އުފުލަމުން

ޓެކްސީއާއި އެނޫންވެސް އާންމު ހިދުމަތްދޭ އުޅަނދުތައް، މަގުމަތިން ހިނގާފައިދާ އަންހެން ކުދިންނާ މާ ކައިރިން ދުއްވައިފައި ދާނަމަ ފިޔަވަޅު އަޅަން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތަށް ނިސްބަތްވާ ލޭބާ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ހެޓިއެޓް ހާމަން މިފަދައިން ގޮވައިލީ އެގައުމުގައި މަގުމަތިން ހިނގާފައިވާ އަންހެން ކުދިންނަށް ދިމާވާ ހާދިސާތައް ގިނަވާކަން ފާހަގަކުރެވި އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ދާދި ފަހުން ސާރާ އެވަރާޑް ނަމަކަށް ކިޔާ ޒުވާން އަންހެނަކު ވަނީ އިނގިރޭސިވިލާތުގައި ރަހުމު ކުޑަގޮތަކަށް މަރައިލައިފައެވެ. އޭނާ މަރައިލިކަމަށް ތުހުމަތު ކުރެވެނީ ކުރިން ފުލުހުންގެ އިސް އޮފިރެއްގެ ގޮތުގައި އުޅުނު މީހަކަށެވެ. މަރައިލުމުގެ ކުރިން އެތައް ފަހަރެއްގެ މަތިން މަގުމަތީގައި ސާރާއަށް ފުރައްސާރަކުރި ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. ވޭން ކޫޒެންސް އޭނާ ދުއްވާ ކާރުގައި ސާރާއާ އެކި ފަހަރުމަތިން މަގުމަތިން ދިމާކޮށް ސާރާ ދާ ނުދާ ތަންތަން ގަވާއިދުން ބަލައިފައިވެއެވެ.

މި ކޭސްއާ ގުޅިގެން މީޑިއާގައި ވާހަކަ ދައްކަވަމުން ހެރިއެޓް ވިދާޅުވީ އެގައުމުގެ ސަރުކާރުން ވަނީ މަގުމަތީގައި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ނުކުޅެދިފައި ކަމަށެވެ. ހާއްސަކޮށް ޓެކްސީ ޑްރައިވަރުންނާއި އެހެންވެސް މީހުންގެ ފަރާތުން އަންހެނުންނަށް ނުރައްކާ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައަޅަންޖެހޭ ކަމެއް މިއީ މަގުމަތިން ހިނގައިފައިދާ އަންހެނަކާ، ފިރިހެނަކު މާ ބޮޑަށް ކައިރިވާން އުޅޭ ނަމަ. ސްކޫލުން ގެއަށް ހިނގައިފައިދާ ކުޑަ އަންހެން ކުއްޖާއަށް ވެސް މިއަދު ރައްކާތެރިކަމެއް ނެތް. އަނދިރީގައި އެ ކުއްޖާ ކާރަކަށް ވޭނަކަށް އަރުވައިގެން ކަންކަން ކުރުމުގެ ބިރު އެބައޮތް. އެހެންވީމަ ބޭނުމެއް ނެތި އަންހެނަކާ މިފަދަ އުޅަނދެއް ކައިރިވާ ނަމަ އެއީ ކްރިމިނަލް އޮފެންސަކަށް ހަދަން އެބަ ޖެހޭ" ގުޑް މޯނިންގް ބްރިޓެން ޝޯގައި ވާހަކަ ދައްކަވަމުން ހެރިއެޓް ވިދާޅުވިއެވެ.

ހެރިއެޓް ވަނީ އެފަދަ ޓެކްސީ ދުއްވާ މީހުންގެ ލައިސަންސް ބާތިލް ކުރުމަށް ގޮވައިލައިފައެވެ. މަގުމަތިން ހިނގައިފައިދާ އަންހެން ކުއްޖާ ކައިރީ ނަމްބަރު ދޭން އެހުމާއި އެކުއްޖާ ޖަވާބު ނުދެނީ ކީއްވެތޯ ތަކުރާރުކޮށް އެހުމާއި އެނޫން ވެސް އެކި ޒާތުގެ ވާހަކަ ދައްކަން މަސައްކަތް ކުރުމަކީ ފުރައްސާރައަށްވާއިރު އެކަންކަން ގާނޫނުގައި ލިޔެވިގެން ބޮޑެތި ކުށްތަކަށް ހަދަންޖެހޭކަމަށް ތަކުރާރުކޮށް ހެރިއެޓް ވިދާޅުވިއެވެ.

"އާ ގާނޫނުތައް އެބަ ބޭނުންވޭ. އަންހެނުންނަކީ އެމީހުންގެ ރައްކާތެރިކަމާ މެދު އަބަދު ވިސްނަންޖެހިފައިވާ ބަޔަކަށް ވެގެން ނުވާނެ" ހެރިއެޓް ވިދާޅުވިއެވެ.

އިއްޔެ އިނގިރޭސިވިލާތުގައި ވަނީ ސާރާގެ މަރުގެ މައްސަލައާ ގުޅިގެން އެކަމުގެ ތުހުމަތު ކުރެވޭ މީހާއަށް ހުކުމް ކޮށްފައެވެ. އޭނާއަށް ޖަލު ހުކުމެއް އިއްވީ ސާރާ ރޭޕްކޮށް، މަރައިލުމުގެ ކުށުގައެވެ. މިމައްސަލަ މީގެ ކުރިން ހޫނުވީ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށްފަހު ހައްޔަރު ކުރީ ގާނޫނުތަކުގެ ބޭރުން ކަމަށް ބުނެ މިނިވަން ކުރުމުންނެވެ.

ވޭން ކޫޒެންސް ވަނީ ސާރާ މަރައިލުމުގެ ކުރިން އޭނާ ދާ ހުރިހާ ތަންތަނަކަށް ފާރަލައިފައެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި ހިނގައިދިޔަ މި ހާދިސާގެ ފަހުން މަގުމަތިން ސާރާއާ އެތައް ފަހަރެއްގެ މަތިން ފުރައްސާރަކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތައް ވަނީ އާންމު ވެފައެވެ.

ފުލުހުން ފަހުން މައުލޫމާތު ދިން ގޮތުގައި ކޮވިޑް ލޮކްޑައުންގެ ތެރޭގައި ކޫޒެންސް ވަނީ ޑޭޓިން ސައިޓުތަކަށް ވަދެ އެތައް އަންހެން ކުދިންނަކާ ވާހަކަ ދައްކައިފައެވެ. އޭނާގެ އަނތްބަކާއި ދަރިން ތިބިއިރު ޑޭޓިން ސައިޓުތަކުގައި އޭނާ ވަނީ އެތައް ކުދިންނަކަށް ދޮގު މައުލޫމާތު ދީފައިކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Allied Insurance
  1. ނަން

    ތި ކަމުގެ ހައްލުވެސް އޮތީ ހަމަ އިސްލާމް ދީނުގަ. ހައްލު ވަރަށް ސާފު.