ނަމާދު ކުރަން ތިއްބާ އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް: ފުލުހުން

އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ފުލުހުން ބެލި ބެލުމުން އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ޔަގީންކޮށްދީފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
އެއީނުކުޅެދޭމީހެއްނޫން އިސްލާމްދީނަށް ފުރަށްސާރަކުރީމާ ކަމާއިބެހޭ އިދާރާތަކުން ބުނަނީ ނަފްސާނީމީހެއްކަމަށް އެހެންނޫންތޯ