މިސަރުކާރެކޭ ހަތަރެސްފައި ނެތް މަސްގަނޑެކޭ އެއްވެސް ތަފާތެއް ނެތް: އާދަމް ޝަރީފް
މިސަރުކާރެކޭ ހަތަރެސްފައި ނެތް މަސްގަނޑެކޭ އެއްވެސް ތަފާތެއް ނެތްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ސެކިއުރިޓީ ބްރީޗްވިގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިއަދު ހުށަހެޅުނު މައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގައި ދިމާވި މައްސަލައަކީ ސެކިއުރިޓީ ބްރީޗް ވެގެން ދިމާވި ކަމެއް ކަމަށް ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް އެނގޭނެ ކަމަށެވެ.
"މިއަދު ހުށަހެޅިފަ މިއޮތީ ވަރަށް ހައްސާސް މައްސަލައެއް. ސިރާޖް މި މައްސަލަ ހުށަހެޅި ކަމަށްޓަކާ ޝުކުރު ވެސް އަދާކުރަން. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު މިއަދަށް ގާތްގަޑަކަށް 5 މަސް މި ފުރުނީ. އިއްޔެ އަޅުގަނޑުމެންނަށް އެނގިގެން މި ދިޔައީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ނުރައްކާތެރި ކަމެއް ކުރިމަތިވި ވާހަކަ. ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް އެނގޭނެ މީ ސެކިއުރިޓީ ބްރީޗް ވުން ކަން" ޝަަރީފް ވިދާޅުވިއެވެ.
މީގެ އިތުތުން ޝަރީފް ވިދާޅުވީ ސެކިއުރިޓީ ބްރީޗް ވެގެން މި ހިނގާ އެއްވެސް ކަމެއްގެ ޒިންމާ މަޖިލީހުން އުފުލަން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަށް ދިމާވީ ވަރަސް ސީރިއަސް މައްސަލައެއް ކަމަށާއި މިކަމަށް ހައްލު ހޯދަން ޖެެހޭ ކަމަށެވެ. މީގެ އިތުރުން ޝަރީފް ވަނީ މި ސަރުކާރުން މިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި މި ސަރުކާރެކޭ ހަތަރެސްފައި ބުރިކޮށްލާފައި އޮތް ކޮއްމަސްގަނޑެކޭ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
"މިސަރުކާރެކޭ އެއްވެސް ތަފާތެއް މިއަދަކު ނެތް މއާފްކުރައްވާތީ ހަމަ އެއްވެސް ތަފާތެއް ނެތް ހަތަރެސްފައި ބުރިކޮށްލާފައި އޮތް ކޮއްމަސްގަނޑެކޭ. އެއްވެސް ތަފާތެއް ނެތް. އެއްވެސް ނަތީޖާއެއް ނެރެވޭކަމަކަށް ނުފެނޭ. މިހާ ނުކުޅެދިގެން ދާކަމަށްވަންޔާ އަލުގަނޑުމެންނަށް އެއްވެސް ޔަޤީންކަމެއްނޯންނާނެ މާދަމާ ކާކަށްކަމެއް ކުރިމަތިވާނީ. މިކަހަލަ އެތައް މައްސަލައެއް ކުރިމަތިވަމުން މިދަނީ" ޝަރީފް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުއެވެ.
ޢިއްޒަތްތެރި މެންބަރު އެހެންބުނަން ޖެހުނީ ދޯހަޅި ކަންކަން ގިނަވީީމަ ކެތްތެރިކަން ކޮޅުންލީ.