ދުނިޔެ

އެމެރިކާގެ އަވަށެއްގައި އެތައް ހާސް މަސްތަކެއް މަރުވެ ގޮނޑުދޮށަށް ލައްގަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
{"uid":"443F8DD1-9119-4B96-A0DD-84FC19FA8B29_1612553865628","source":"other","origin":"unknown"}

އެމެރިކާގެ އަވަށެއް ކަމަށްވާ “ޗައިލް” ގެ ގޮނޑުދޮށެއްގައި އެތައް ހާސް މަސްތަކެއް މަރުވެ ލައްގައިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

Ads by Sosun Fihaara

މި ވީޑިއޯއިން ގިނަ އަދަދެއްގެ މަސްތަކެއް މަރުވެ ގޮނޑުދޮށަށް ލައްގައިފައިވާ މަންޒަރު ފެންނައިރު މީހުން ގަބޫލު ކުރަނީ އެއީ މޫސުމަށް އަންނަ ބަދަލުތަކަކާއެކު ވާގޮތެއް ކަމުގައެވެ.

މިކަމުގެ ހަގީގަތް އަދި އެކަކަށް ވެސް ނޭނގޭއިރު މި މަސްތައް މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެތޯ ބެލުމުގެ މަސައްކަތް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި އެގައުމުގެ އެތައް ބަޔަކު އެކަމާ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

2016 ވަނަ އަހަރުވެސް ހަމަ އެމެރިކާގެ “ޗައިލް” ގައި ވަނީ މިފަދަ ގޮތަކަށް ގިނަ އަދަދެއްގެ މަސްތަކެއް ގޮތް ނޭނގި މަރުވެފައެވެ. އެފަހަރު މަސްތައް މަރުވެފައިވަނީ ކުޅިއަކުންނެވެ. އަދި އެއީ ވެސް މޫސުމަށް އައި ބަދަލުތަކަކާ ގުޅިގެން ވީ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!