ގައުމީ ޖާޒީގައި ހުންނަވައިގެން ރައީސް ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވައިފި

ގައުމީ ޖާޒީގައި ހުންނަވައިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމީ ޓީމަށް ހިތްވަރު ދެއްވައިފިއެވެ.
ރައީސް ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވައިފައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ބަހުގައި ޕްރެކްޓިސްއަށް ދަތުރުކުރަމުން ދިޔަ ވަގުތުގައި ގެކޮޅުގައި ހުންނަވައިގެން އަތުގެ އިޝާރާތުންނެވެ.
ރައީސް ޔާމީންގެ އަތުގެ އިޝާރާތާ އެކު ބަހުގައި ތިބި ކުޅުންތެރިން ވެސް ވަނީ ރައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކޮށްފައެވެ. އެވަގުތު އެމަނިކުފާނު ހުންނެވީ ގައުމީ ޓީމުގެ ޖާޒީއެއްގައެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މާފުށީ ޖަލުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން ދާތީ ބައްޔަށް ހައި ރިސްކް ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިންނެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެންބަރު 2018ގައެވެ.
ކޮންފަދަ ހިތްވަރުގަދަ ޤައުމީފަހުލަވާނެއް. ރައީސްޔާމީނަށް. ސެލިއުޓް ކުރަން.