Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާންމުކުރި ނަބީލް ދޫކޮށްލައިފި

ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާންމުކުރި ނަބީލް ދޫކޮށްލައިފި
ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާންމު ކުރި ކަމަށް ބުނާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ބަންދުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ނަބީލް ދޫކޮށްލައިފައި ވަނީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ. މީސް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި "ޔާޔާ" ހައްޔަރު ކުރީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހު ފަހުކޮޅު އޭނާގެ ބަންދަށް އިތުރު 12 ދުވަސް ވަނީ ޖަހައިފައެވެ. ލީކުވި ވީޑިއޯއާ ގުޅިގެން ކޯޓުގައި ނަބީލް ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ އޮރިޔާންކާޑު ވީޑިއޯއަކީ އޭނާ ހަދައިފައިވާ ވީޑިއޯއެއް ނޫން ކަމަށާއި، އެ ވީޑިއޯއަކީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި ޓިކްޓޮކްއަށް 3 މިނެޓްގެ ވީޑިއޯއެއް ނުލެވޭނެ ކަމަށާއި ލެވޭނީ 60 ސިކުންތުގެ ވީޑިއޯ ކަމަށް އޭނާ ބުންޏެވެ. ޝަރީއަތުގައި ފުލުހުން ވަނީ ، ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ. ޔާޔާ"އަކީ އަންހެން ހެދުން އަޅައިގެން ވަރަށް ގިނައިން ފޮޓޯއާއި ވީޑިއޯ އާންމު ކޮށްފައިވާ ފިރިހެނެކެވެ. އޭނާގެ އެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް ނުރުހުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް