ޚަބަރު

ގުޅިފަޅު ވަގުތީ މިސްކިތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ: އެޗްޑީސީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ އެޗްޑީީސީ

ގުޅިފަޅުގައި އިމާރާތް ކުރަމުންދާ ވަގުތީ މިސްކިތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެޗްޑީސީން ވިދާޅުވީ މި މިސްކިތް ނިމޭއިރު ފާހާނާއާއި ވުޟޫ ކުރާނެ ތަން ވެސް ހުންނާނެ ކަމަށާއި ގުޅިފަޅުގައި ދިރިއުޅޭ މީހުންނާއި އެތާނގައި އުޅޭ މުވައްޒަފުންނަށް މި މިސްކިތުގެ ސަބަބުން ފަސޭހަވެގެން ދާނެކަމަށެވެ.

ގުޅިފަޅަކީ ކުރީގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު 2010ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާ ހަވާލުކޮށްގެން ހިއްކައިގެން މީހުން ދިރުއުޅުމަށް ތަރައްގީ ކުރި ރަށެކެވެ. އެކަމަކު ޖީޑީޕީން އެ ރަށް ތަރައްގީކުރުން ލަސްކުރަމުންދާ ކަމަށް ބުނެ ޖީޑީޕީގެ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ގުޅީފަޅު އިންވެސްޓްމަންޓް އުފައްދައި ފެބްރުއަރީ 6، 2016ގައި އެކުންފުންޏަށް ގުޅިފަޅު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ލައިޓް އިންޑަސްޓްރީތަކެއް އެ ރަށުގައި ތަރައްގީ ކުރުމަށެވެ.

އެހެންކަމުން މީހުން ދިރިއުޅެން ގުޅިފަޅުގައި ހަދައިފައި ހުރި ހައުސިން ޔުނިޓްތަކަށް ބައެއް މީހުން ފައިސާ ދައްކައިފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ފްލެޓްތައް ސަރުކާރަށް ނަގައިފައެވެ. ނަމަވެސް ފްލެޓްތަކަށް ބަދަލު ދިނީ މި ސަރުކާރުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!