Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޙްމޫދު މަރައިލި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ، ރައްޔިތުން ޝައްކު ކުރި ދެ މީހަކަށް ހިމާޔަތް ދިނީ

މަޙްމޫދު މަރައިލި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ، ރައްޔިތުން ޝައްކު ކުރި ދެ މީހަކަށް ހިމާޔަތް ދިނީ

އދ. ދަނގެތިން ތޫނު އެއްޗަކުން ހަމަލާ ދީ މަރައިލުމަށް ފަހު، ގޯންޏަކަށް ލައި ވަޅަކަށް އެއްލައިލި، އެ ރަށު މޮނަލާޒް/ މަހްމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދީފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލު ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މި މައްސަލައިގައި ދެ މީހަކަށް ރަށުގެ ބައެއް ރައްޔިތުން ޝައްކު ކޮށްގެން، އެ ދެމީހުންގެ ސަލާމަތަށް ޓަކައި ފުލުހުން ހިމާޔަތް ދޭން ގެންގޮސްފައި ވަނީ. ހައްޔަރެއް އެކަމަކު އަދިއެއް ނުކުރޭ" މުއާވިޔަތު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ކައުންސިލު ރައީސް އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ޝައްކު ކޮށްފައިވަނީ އެ ރަށުގައި އުޅެމުންދާ އއ. ތޮއްޑޫ ދެ މީހެއްގެ މައްޗަށް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ވެސް ވިދާޅުވީ، މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ދަނގެތީގައި ވިޔަފާރި ކުރަމުންދާ މަހްމޫދު ގެއްލިގެން އިއްޔެއިން ފެށިގެން ހޯދަމުން ދިޔަ ކަމަށާއި އޭނާ މިއަދު ފެނުނީ ފަޅުގެއެއްގައި ހުރި ވަޅެއްގެ ތެރެއަށް މަރައިލައިފައި، ގޯންޏަކަށް ލައި އެކޮޅުކޮޅުން އެ ވަޅަށް ތިރިކޮށްފައި އޮއްވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް