Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޙްމޫދް މަރައިލި މައްސަލައިގައި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަޙްމޫދް މަރައިލި މައްސަލައިގައި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އދ. ދަނގެތީ މޮނަލާޒް، މަޙްމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ އަންހެނެކެވެ.

ދަނގެތީގެ ވިޔަފާރިވެރިޔާ މަޙްމޫދަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލައިފައި އޮތް މައްސަލައިގައި މިރޭ ފުލުހުން ހައްޔަރު ކޮށްފައި ވަނީ، މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރާ އަދި މިއަދު ހަވީރުއްސުރެ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ ފިރިހެނުންގެ ތެރެއިން އެކަކާ ލޯބީގެ ގޮތުން ގުޅިފައިވާ މީހާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގައި މިއަދު ހަވީރު ވަނީ ދެ ފިރިހެނުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުން ހައްޔަރު ނުކުރާ ކަމަށާއި، މަޙްމޫދު މަރައިލީ އެމީހުން ކަމަށް ރަށުގެ ބައެއް ރައްޔިތުންނަށް ޝައްކު ކުރެވޭތީ، އެ ދެ މީހުންގެ ސަލާމަތަށް ޓަކައި ގެންދިޔައީ ކަމަށް ބުނެފައިވެއެވެ.

މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާއަކީ ވެސް ދަނގެތީ މީހެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންހެން މީހާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ "ހިމާޔަތް ދޭން" ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް