ޚަބަރު

ޓެސްޓުތަކަށް ފަހު މަހްމޫދުގެ ހަށިގަނޑު ދަނގެއްޗަށް، ރައްޔިތުންނަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަނިޔާވެރިގޮތަކަށް މަރައިލުމަށް ފަހު ވަޅަކަށް ވައްޓައިލައިފައި އޮއްވާ ފެނުނު މަހްމޫދުގެ ހަށިގަނޑުން ޓެސްޓްތަކެއް ހެދުމަށް މާލެ ގެނައުމަށް ފަހު އަނބުރާ ދަނގެއްޗަށް ފުރުވައިލައިފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލް މެމްބަރު ނައީމާ އަހްމަދު ވިދާޅުވީ މަހްމޫދުގެ މަރާ އެކު ރައްޔިތުންނަށް ފުން އަސަރުތަކެއް ކުރުވާފައިވާ ކަމަށާއި ރައްޔިތުންނަށް ނަފްސާނީ އެހީ ބޭނުންވެފައިވާ ކަމަށެވެ.

"ރައްޔިތުން މިތިބީ ބިރުވެރިކަމެއްގެ ތެރޭގައި. ފުން އަސަރު ތަކެއް ކޮށްފައި މިވަނީ. ނަފްސާނީގޮތުން އަސަރުކޮށްފައި ، އެހީ ބޭނުންވޭ ރައްޔިތުންނަށް ނަފްސާނީ ގޮތުން. މިފަދަ ކަމެއް އަލަށް މިރަށުގައި މި ދިމާވީ" ނައީމާ ވިދާޅުވިއެވެ.

ނައީމާ ވިދާޅުވީ މަހްމޫދުގެ ހަށިގަނޑު ދަނގެއްޗައް ގެންދިޔަހާ އަވަހަކަށް ޖަނާޒާގެ ކަންކަން ފަށާނެ ކަމަށާއި ވަޅުލާނެ ވަގުތެއް އަދި ނިންމައިފައި ނުވާކަމަށެވެ.

އުމުރުން 57 އަހަރުގެ މަހްމޫދު މަރައިލައިފައި އޮއްވާ ފެނުނު އިރު އޭނާ އޮތީ ގޯންޏަކަށް ލައި،  ފައި އައްސައިފައި އެކޮޅު ކޮޅުން ވަޅަކަށް ތިރި ކޮށްފައެވެ މަހްމޫދު ފައްތައިފައި އޮތް، ވަޅުގެ މަތި ވެސް ހުރީ ޖަހައިފައި ކަމަށެވެ.

މިމައްސަލައިގެ އެރަށު މީހުން ނުކުމެ ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައިވީ ނަމަވެސް އެމީހުން ހައްޔަރުކޮށްފައި ނުވާކަމަށާއި އެމީހުނަށް "ހިމާޔަތް" ދިނީކަމަށް ވަނީ އަޑު ފެތުރިފައެވެ.

މަހްމޫދުގެ މަރުގެ މައްސަލައިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!