ޚަބަރު

މަޙްމޫދު ވަޅުލައިފި، ކަރުނަ ނާޅާ ލޮލެއް ނެތް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މަޙްމޫދުގެ ޖަނާޒާގައި ގިނަ ބަޔަކުވަނީ ބައިވެރިވެފައި.. ފޮޓޯ/އަވަސް

އަނިޔާ ވެރިގޮތަކަށް މަރައިލައިފައި އޮއްވާ އިއްޔެ ފެނުނު ގިނަ ބައެއްގެ ލޯބި ލިބިފައިވާ ވިޔަފާރި ވެރިޔާ، އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.

Ads by STELCO

މިއަދު އަޞްރު ނަމާދަށް ފަހު ބޭއްވި މަހުމޫދުގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

މަޙްމޫދުގެ މަރާއެކު މުޅި ދަނގެތި ކަރުނަ އަޅައެވެ. މިފަދަ ހާދިސާއެއް ހިނގުމުން ކަރުނައިން ނުތެމޭ ލޮލެއް މި ވަގުތު އެ ރަށަކު ނެތެވެ. އޭގެ އިތުރުން މުޅި ރަށަށް މިވަގުތު ވެރިވެފައި ވަނީ ބިރުވެރިކަމާ ނާމާންކަމެވެ.

މަރައިލުމަށް ފަހު ވަޅަކަށް ލައިފައި އޮއްވާ ފެނުނު މަޙްމޫދުގެ ހަށިގަނޑު މިއަދު ވަނީ ޓެސްޓްތަކެއް ހެދުމަށް މާލެ ގެނެސްފައެވެ. އޭނާ ހަށިގަނޑު އަނބުރައި ދަނގެއްޗަށް ގެންދިޔައީ މިއަދު މެންދުރު ފަހުއެވެ.

މަޙްމޫދު މަރައިލުމާ ގުޅިގެން ޝައްކު ކުރެވޭ ތިން މީހަކު މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ރައްޔިތުން ވެގެން ގެންގޮސްފައެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ދަނގެތީ ކައުންސިލު ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، އެ މީހުންގެ މައްޗަށް ރަށުގެ ބައެއް ރައްޔިތުން ޝައްކު ކުރާތީ، އެމީހުންގެ ސަލާމަތަށް ޓަކައި ފުލުހުން އެމީހުންނަށް ހިމާޔަތް ދިނީ ކަމަށެވެ. އެ ތިން މީހުން ދަނގެތީ ޕޮލިސް ޝްޓޭޝަންގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ މަހިބަދޫއަށް ގެންގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!