ރިޕޯޓް

މަޙްމޫދުގެ މަރު: ގާތިލުންކަމަށް ޝައްކު ކުރެވޭ މީހުންނާ ގުޅޭ ވާހަކަތަކެއް!

  • ތުހުމަތު ކުރެވޭ މީހުން؛ ކުށުގެ ރިކޯޑް އޮތް ބައެއް
  • މަހްމޫދު އެރޭ ގެއިން ނުކުތީ ކޮންމެވެސް މީހެއް ގުޅުމުން!
  • ރައްޔިތުން އަދިވެސް ހުއްޓުން އަރައި ގަބުވެފައި
އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަޙްމޫދު މަރާ ގުޅިގެން ހިމާޔަތްދިން ދެ މީހުން.. ފޮޓޯ/އަދަދު

(އދ.ދަނގެތި) އިޙްސާސް ކުރެވުނީ އަމާންކަމެވެ. ހިތްގައިމު ކަމެވެ. އަހަންނަށް އެ ރަށަށް ފޭބުނީ ޒުވާނުންގެ މަރުކަޒު ކައިިރިއަށެވެ. ރަށަށް އަރައިގެން ދިޔައިރު ވެސް ރަށުގެ ބޮޑުމަގުގެ ދެފަރާތުގައި އިންދައިފައިވާ ހިޔާ ދޭ ގަސްތަކުން ލިބިގެން ދިޔަ ހިތްހަމަޖެހުންވީ އަހަންނަށް ހާދަ ހިތް ފަސޭހަ އިހްސާސަކަށެވެ.

Ads by STELCO

މިއީ އދ. ދަނގެއްޗަށް އަހަރެން ކުރިން ކުރި ދަތުރުގައި އަހަންނަށް ކުރެވުނު އިހްސާސެވެ. ފެންނަނީ މުރާލި ރައްޔިތުންތަކެއްގެ ބުރަ މަސައްކަތްތަކެވެ. ކުނި ކަހައި ސާފުކޮށްފައިވާ މަގުތަކެވެ. ހިނިތުންވެފައިވާ މޫނުތަކެކެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މާޔޫސްވެ އިސްޖެހިފައިވާ ރައްޔިތުންތަކެވެ. ކަރުނައިން ފުރިފައިވާ ލޯތަކެވެ. އިންސާފަށް އެދި ދިއްކުރަމުން ދިޔަ އަތްތަކެކެވެ.

މަހްމޫދު އަބޫބަކުރު އާއްމު ނަމުން ނަމަ މަހްމޫދުބެ މަރައިލައިފައި ވަނީ ރަހުމުގެ ކަންފުޅެއް ވެސް ނެތިއެވެ. މޫނު ބަލަން ދިޔަ ކޮންމެ މީހެއްގެ ލޮލުން ކަރުނަފޮހެމުން ނުކުތީ އޭނާއަށް ލިބިފައިވާ އަނިޔާތައް ބަލަން ކެތްނުވެގެންނެވެ. އެއަނިޔާތައް ފެނި ހިތަށް ކުރި އަސަރެއް ބުނެދޭން ނޭނގުނަސް ލޮލުން ބުނެދެމުން ދިޔައެވެ.

މަޙްމޫދުބެ..ފޮޓޯ/އަދަދު

މަހްމޫދުބެ މަރައިލުމަށް ފަހު ފައްތައިފައި އޮތީ އޭނާގެ އުފަންގެ ކަމުގައިވާ މަންޒިލްގޭގެ ވަޅަކަށެވެ. އޭނާގެ މާމަގެ ގޭގައި ހަދައިފައިވާ އެ ވަޅަށް އޭނާ ފައްތައިފައިވާ އިރު ބޮލަށް ވަނީ ގޯންޏެއް މަހައިފައެވެ. އަދި ފައި ވެސް ވަނީ ގޯންޏެއް މަހައި އައްސައިފައެވެ. ވަޅުތެރެއަށް އެކޮޅުކޮޅުން އޭނާ ފައްތައިފައި އޮތް އިރު ވަޅުތެރޭގައި ލޭ ހުއްޓެވެ. އަދި ވަޅުން ހަށިގަނޑުބނެގި ވަގުތު ވެސް ބޮލުން ގިނަ އަދަދަކަށް ލޭ އައިސްފައިވާކަމަށް އެރަށުން "ދެން"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

މަހްމޫދުބެއަށް ދީފައިވާ އަނިޔާތައް ފެނުނީ އޭނާ ވަޅުން ނަގައި ބޮލަށް މަހައިފައިވާ ގޯނި ނައްޓާލުމުންނެވެ. ގައިގެ 6 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު މޭމަތީގައި ވަކި އަޅައިފައި ހުރި ފަދަ ޒަހަމެއް ހުއްޓެވެ. އަދި ބުރަކަށީގައި ވެސް ޒަހަމްތަކެއް ހުއްޓެވެ. ވަޅިން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވަނީ ބޮލަށާއި ކަރަށެވެ.

މަޙްމޫދުބެގެ ހަށިގަނޑު މާލެ ގެންދިއުމަށްޓަކައި މަސައްކަތް ކުރަނީ.. ފޮޓޯ/މިހާރު

ތުހުމަތު ކުރެވޭ މީހުން؛ ކުށުގެ ރިކޯޑް އޮތް ބައެއް

މަހްމޫދުބޭގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނަކީ އއ. ތޮއްޑޫއިން ބޭރުކުރުމުން އެރަށަށް ދިޔަ ، ޖަމްޝާދާއި، ފާރިހު ކިޔާ މީހެކެވެ. އަދި މީގެ އިތުރުން ތޮއްޑޫ އެހެން ރައްޔިތެއް ކަމަށްވާ ޒުލޭހާއެވެ. ޒުލޭހާއަކީ ތުހުމަތު ކުރެވުނު ދެމީހުން ކުރެ އެކަކު ރައްޓެހިވެގެން އުޅުނު މީހާކަމަށް ވެސް "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަހްމޫދުބޭގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުން އެރަށް ދިޔައީ ކޮވިޑް-19ގެ ސަބަބުން މާލެއިން ރަށްރަށަށް މީހުން ދިޔުން މަނާކޮށްފައިވާ ދުވަސްވަރުގައި ހުރިހާ ހުއްދަތަކާއެކުގައި ކަމަށް ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ކައުންސިލް ރައީސްކަމާ ހަވާލުވިތާ ކުރީކޮޅު އެމީހުން ވަރަށް އަނިޔާކޮށްގެން ތޮއްޑޫއިން ބޭލި. ތަންތަން ބިންދައިލައިގެން މާލޭގައި ފަރުވާ ހޯދަމުން ދިޔައީ. ދެން އެތަނުން އެކަކު އެއީ މިރަށު މީހެއްގެ ދަރިއެއް. ހިސްޓްރީއަށް ބަލާލީމާ ދެން އަޅުގަނޑު އަސްލު ބެލިން އެމީހުން ރަށަށް ނުގެނެސް ވާނެ ގޮތެއް.އެކަމަކު އޭނާގެ ބޭބެ ދެން ވަރަށް އާދޭސް ކޮށްގެން އޭރު ދެން ތޮއްޑޫއިން ދިން އަނިޔާތަކުގެ ސަބަބުން ފަރުވާ ހޯދަަމުން ދާތީ އަޅުގަނޑުމެން ހުއްދަ ދިނީ" މުއާވިޔަތު ވިދާޅުވިއެވެ.

މުއާވިޔަތު ވިދާޅުވިގޮތުގައި މަހްމޫދުބެގެ މަރުގެ ތުހުމަތު ކުރެވޭ މީހުންނަށް އެރަށަށް އެރުމުގެ ހުއްދަ ދިނީ "ނޯ ޗޮއިސް" އަކުންނެވެ.

އޭނާ ވިދާޅުވިގޮތުގައި ކަރަންޓީނު ނިންމައިފައި މަސްދުވަސް ވެސް ނުވަނީ އެމީހުންގެ ޝަކުވާ ކައުންސިލާ ހަމައަށް އައެވެ. ނުރަސްމީކޮށް ނަމަވެސް ގިނަ ބަޔަކު ދިޔައީ އެޝަކުވާތައް ކުރަމުންނެވެ.

ރަށުތެރެއަށް އެމީހުން ދޫވި ފަހުން ވަރަށް ގިނަ ޝަކުވާތައް ލިބެންފެށި. އެމީހުން ދޫވި ފަހުން ރަށުގައި ކުށް ކުރުން ގިނަވެފައި ވަނީ،  މަސްތުވާތަކެތީގެ މައްސަލަތައް ކުރިއަށްވުރެ ވެސް އިތުރުވި، ވައްކަންވެސް އިތުރުވި. އަދި އެކަމުގެ ޝަކުވާތައް ދިޔައީ ލިބެމުން

މުއާވިޔަތު ވިދާޅުވި ގޮތުގައި އިއްޔެ މަހްމޫދުބެ ގެއްލިގެން ރައްޔިތުން އޭނާ ހޯދަން ނުކުމެ އުޅުނު އިރު ވެސް އެމީހުން ފާރަލާހެން ހީވާކަމުގެ ޝަކުވާތައް ލިބިފައިވެއެވެ. އަދި މަހްމޫދުބޭ ހޯދަން ނުކުމެ އުޅުނު ޓީމްތަކުގެ ހަރަކާތްތައް ބަލަމުން ފާރަލަމުން ދިޔުމުން އެމީހުން ހިފަހައްޓަން ވެސް ރައްޔިތުން އެދުނުކަމަށް އޭނާ ފާހަގަ ކުރިއެވެ.

ޖަމްޝާދާއި، ފާރިހުގެ ކަންކަން ދަނގެތީގެ މާގިނަ މީހުންނަށް އެނގިފައެއް ނުވެއެވެ. އެމީހުންނަކީ ވަކިން އުޅޭ ބަޔަކަށް ވެފައި މާބޮޑަށް އެހެން މީހުންނާ ވާހަކަ ދައްކައި އުޅޭ ބަޔަކަށް ނުވި ނަމަވެސް އެމީހުންގެ މައުލޫމާތު އެނގޭ މީހަކު "ދެން"އަށް ކިޔައިދިން ގޮތުގައި ޖަމްޝާދުއާއި ފާރިހު ތޮއްޑޫއިން ބޭރު ކުރީ އެރަށު ރައްޔިތުންނަށް ކެތް ނުވެގެންނެވެ.

މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުމުގައި ޖަމްޝާދަކީ ބޮޑެކެވެ. ތޮއްޑޫގައި ޖަގަހަ ހަދައިގެން ވެސް މަސްތުވާތަކެތި ބޭނުންކޮށް ސުކޫލު ކުދިން އެ ވަބާގައި ޖެއްސުމުގެ މަސައްކަތް ވެސް އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ކޮށްފައެވެ. އަދި ތޮއްޑޫގައި މާރާމާރީ ހިނގިކަމުގެ މައްސަލައެއް ވެސް ހިނގައިފައިވާއިރު އެރަށުގެ ދަނޑުތަކަކަށް ގެއްލުންދީ ބައެއް އިމާރާތްތަކަށް ވެސް މި މީހުން ވަނީ ގެއްލުން ދީފައެވެ.

އެންމެފަހުން ތޮއްޑޫއިން ބޭރު ކުރީ އަނިޔާކޮށް ފަޔާ ތަންތަން ބިންދައިލައިފަ. އެފަހަރު މާލެ ދިޔަގޮތަށް ހޮސްޕިޓަލުގައި ގިނަ ދުވަހު އޮތީ. ދެން އައީ މިރަށަށް. އައިސް މިރަށުގައި ވެސް ވައްކަމާއި މަސްތުވާތަކެތީ ކަންކަން މިއޮތީ ޖައްސާލައިފައި އޮތް ހިސާބު

މަހްމޫދު އެރޭ ގެއިން ނުކުތީ ކޮންމެ ވެސް މީހެއް ގުޅުމުން!

މަހްމޫދުބޭގެ މަރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދަނގެތީ ކައުންސިލްގެ ރައީސް ވިދާޅުވީ މަހްމޫދުބޭގެ އާއިލާއިން ބުނި ގޮތުގައި އެރޭ މެޗުބަލަން އިނދެފައި މަހްމޫދުބޭ ގެއިން ނުކުތީ ކޮންމެވެސް މީހެއް ގުޅުމުން އެމީހަކާ ވާހަކަ ދައްކަމުންނެވެ.

އަޅުގަނޑު މިއައީ ދެންމެ އާއިލާ މީހުންނާ ވާހަކަ ދައްކާލައިފަ. އެމީހުން ބުނި އެރޭ ގެއިން ނުކުތީ ފޯނެއް އައުމުންކަމަށް. އަދި ގެއްލުނު ދުވަހުގެ މެންދުރާ ހަމައަށް ވެސް މަހްމޫދުގެ ފޯނަށް ގުޅުނު. އޭގެ ފަހުން ނިވުނީ. އެހެންވީމަ މިޒަމާނުގެ ޓެކްނޮލޮޖީގައި ޓްރެކް ކުރެވެން ޖެހޭނެކަމަށް އަޅުގަނޑު މިބަލަނީ ކާކުކަން ގުޅީ ވެސް

އޭނާ ވިދާޅުވީ މަހްމޫދުބޭގެ ފޯނު އަދިވެސް ފެނިފައި ނުވާކަމަށާއި އެ ފޯނަށް އެންމެފަހުން ގުޅައިފައި ވަނީ ކާކުކަން ބެލުނުކަމެއް ވެސް އެނގިފައި ނުވާ ކަމަަށެވެ.

މަހްމޫދުބެގެ ހަށިގަނޑު ފެނުނު ވަޅު.. ފޮޓޯ/ވަގުތު

ރައްޔިތުން އަދިވެސް ހުއްޓުން އަރައި ގަބުވެފައި

މަހްމޫދްބޭގެ މަރާ އެކު މުޅި ދަނގެތި ވަނީ ހުއްޓިފައެވެ. ރައްޔިތުންގެ ނިދި ވަނީ ގެއްލިފައެވެ. ކެއިން ބުއިން ވަނީ ހަމައެކަނި ހައި ފިލާވަރަށެވެ. ހުއްޓި ގަބު ވެފައި ރައްޔިތުން ތިބީ ބިރުންނެވެ. ނަފްސާނީ ގޮތުން އެ ރައްޔިތުންނަށް އިންތިހާއަށް އަސަރުކޮށްފައިވާއިރު އަދި އާއިލާގެ ހާލަކީ ކޮބައިހެއްޔެވެ.

ދުވަސްވެ ގައިބާރު ދޫވެފައިވާ މަހްމޫދުގެ މަންމަ މިއަދު މަހްމޫދުގެ މޫނު ދެކެން ވަދެފައި ނުކުތް ވަގުތުކޮޅު އެފަކީރަށް ކޮޅަށް ހުރެވުނީކީ ނޫނެވެ. ދަރިފުޅުގެ ކުއްލި ވަކިވުމަށް ވުރެ އެމައިމީހާއަށް އަސަރުކޮށްފައި ވަނީ އެދަރިފުޅަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.

މަހްމޫދުބޭގެ މޫނު ދެކިލުމަށް އެރަށުގެ ގިނަ ރައްޔިތުން ނުކުމެފައިވީ އިރު އޭނާއަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ޝޮކު ނުލިބޭ އެކަކު ނުލިބޭ ނެތެވެ. ފެންކަޅި ނުވާ އެންމެ ލޮލެއް ވެސް ނެތެވެެ. އެތަނުން ސިފަވެފައި ވަނީ ރައްޔިތުންނަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުގެ ބޮޑުކަމެވެ. ނަފްސާނީ ގޮތުން މިއަދު ދަނގެތީ ރައްޔިތުންނަށް އެހީ ބޭނުން ވަނީ ގާތިލު އަދިވެސް ރަށުތެރޭގައި އުޅެދާނެތީ އެކަންޏެއް ނޫނެވެ. މިފަދަ ކަމަކާ އަލަށް ކުރިމަތި ލާން ޖެހުނު އިރު މަހްމޫދުބޭއަށް ދީފައިވާ އަނިޔާތަކަކީ އިންސާނަކު ހިތަށް ވެސް ގެންނަން އުނދަގޫ އަނިޔާތަކެއްކަމަށް މޫނު ދެކެން ދިޔަ މީހުން ވަނީ ސިފަކޮށްފައެވެ.

Ads by HDC
  1. ޢަލީ އިބްރާހިމް

    މިހާވަރަށް ކަންކަންދާއިރުވެސް މިގަވްމުގެ ފުލުހުންނަކަށް ރޭކާވެސް ނުލާ މިޤަވްމުގަ ފުލުހުން ތިބުމުގެ ބޭނުމެއް އެބައޮތްތޯ ރައްޔިތުން ތިވަރަށް ކަނބޮޑުވާްން ޖެހޭތޯ

    • ޙަދީޖާ

      ޙައްލަކީީ އިސްލާމީީ ޝަރީއަތްް ގާއިމްް ކުރުންް ފުލުހުންް ދުވާނީީ އޭރަކުު އޮންނަަ އިދިކޮޅުު ޕާޓީީ އަށްް ނިސްބަތްވާާ މީހުންް އުޅޭޭނޫޅޭޭ ބަލާާ ފާރަލަމުންް ޤައުމުގަަ ކުރާ މިފަދަަ ކުއްތަކުގެެ މައުލޫމާތުު ދުވަހަކުުވެސްް ލިބޭޭ ކަމަށްވާާ ބައެއްނޫންް އެމީހުންނަކީީ ތިއަކަންވެސްް ދާނިއެހެންް މަރުތަށްވެސްް ދިޔަގޮތަށްް ލިބޭނެެ އިންސާފެއ ނުއޮންނާނެއެވެެ.

    • ޢިންމަ

      ފުލުހުންގެ ބޭނުންވަނީ ހަމައެކަނި ގާތިލުންހިމާޔައްކުރުމަށް ކީއްވެ އެމީހުން ފުލުހުންނާ ހަވާލުކުރީ އެވަޅައް ފައްތާލިނަމަ އެބަލާވެރިކަން ނިމުނީ

      • އިންސާނެއް

        ޙަމަ ތެދެއް ތިބުނި.ތިކަން އަސްލު ފުލުހުންނާ ހަވާލު ނުކޮއް ރައްޔިތުން ނިމްމާލަން ޖެހޭނި

  2. ޟަޖިީ

    އެހެންވިީމަާރަާްއްޖެގަާބެޭރު ފުލުހުންތިބެންޖެހެޭ

  3. ެލޫޅާފަތި އާދަނު

    އަފުރާޝިމް،،ރިލްވާނު،ޔާމީންރަޝީދު ހުޅުމާލެއިން މަރާލި ކާރުގެ ޑުރައިވަރުގެ މަރުސާބިތު ނުވިފަދައިން ތިކަންވެސް ސާބިތެއްނުވާނެ ރާެާއްޖެއިން ހިންގަމުންދާ މީހުންމެރުމުގެ ހަރަކާތަކީ ކޮންމެ ސަރުކާރެންއޮތަސް އެސަރުކާރުގެ ކަމާބެހޭ ހުރިހާ މުއަށްސަސާއެއްމެ އިސްލީޑަރުންނާއި ގުޅިލާމެހިގެން ހިންގާ ކަންތަށް ތަކެކެވެ ރައީސް ނަޝީދުއަށް ދިންހަމަލާވެސް ހަމައޭގެ ބައެއްކަމަށް ގަބޫލުކުރެވެނީ ތިކަންތައްތަށް ސާބީތުކުރަން ނިކުންނަ ބަޔަކު ބަލިވާނީ ދުވަހަކުވެސް ތިއިން އެއްވެސްކަމެއްސާބިތެއްނުވާނެ ހިތާމާފެކޮޅެއްވެސްނެތް����

  4. އިއްބެ

    އެއިންއެކަކީޖަމްސާދެވެ.ޖަމްސާދަކީދަނގެތީއުމަރުގެދަރިއެކެވެ ސާރިހަކީތުޅާދޫއަލީގެދަރިއެއްމިދެމީހުންނަކީތޮޑޫމީހުނެއްނޫން

    • ށަވިޔަނި

      މިހާރުވެސް ވިދާޅުވަމުން ދަނީމިރާއްޖޭގާ އިންސާފް ޤާއިމް ކުރެވިއްޖެކަމަށް. އެކުށެއްނެތް މަޙުމޫދުގެ ޢާއިލާއަށް އިންސާފުލިބުން ދެހާސްތޭވީހަށް ކަންނޭނގޭ.ކީއްތޯކުރާނީ މަރުޙޫމަށް ސުވަރުގެ މިންވަރުކުރައްވާށި ޢާއިލާއަށްކެތްތެރިކަން މިންވަރު ކުރައްވާށި

  5. ބބހހޖޖ