Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޙްމޫދުގެ މަރާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

މަޙްމޫދުގެ މަރާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިއަދު ހެނދުނު ފުލުހުން ވަނީ ބިދޭސީއެއް ދިރިއުޅެމުން އައި ގެ ބަލައި ފާސްކޮށްފައެވެ. އެ ބިދޭސީ މީހާއަކީ އެރަށު އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެރަށަށް ގެނެސްފައިވާ ބިދޭސީއެކެވެ. އޭނާ އެރަށުގައި އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެދާނެ ކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ. ހައްޔަރުކޮށްފައި ވަނީ މި ބިދޭސީ މީހާ ކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މަޙްމޫދުގެ މަރާ ގުޅިގެން ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެެއް ނުދެއްވައެވެ.

Advertisement
HDC — Sidebar (box)

https://twitter.com/PoliceMv/status/1449309687275343875?s=20

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް