މަޒްލޫމްގެ ވާހަކަ: ޑައިރެކްޓަރުގެ ދުލުން

ދިވެހި ސިނަމާގައި މިހާރު ފަތުއަޑު ކިޔައިފައި ދައްކަނީ "މަޒްލޫމް" ގެ ވާހަކައެކެވެ. ބައިސްކޯފުގައި ސްޓްރީމް ކުރަމުންދާ މި އެންތޮލޮޖީގެ ދެ ޗެޕްޓާއެއް ބެލުންތެރިންނަށް ފެނިފައިވާއިރު މިހާރު ތައްޔާރު ވަނީ ތިންވަނަ އެޕިސޯޑު ސްޓްރީމް ކުރާށެވެ.
ކުޅަދާނަ ޑައިރެކްޓަރު އިލިޔާސް ވަހީދު (އިއްލެ) ޑައިރެކްޓު ކުރާ މި އެންތޮލޮޖީއަކީ ކަޒްމިކް އިންޓަނޭޝަނަލް އާއި އައިފިލްމްސް ގުޅިގެން އުފައްދާ ހަތަރު ޗެޕްޓާއެއްގެ މައްޗަށް އެކުލަވައިލައިފައިވާ އެންތޮލޮޖީއެކެވެ. ކޮންމެ އެޕިސޯޑެއްގައި 30 މިނެޓާއި 45 މިނެޓާ ދޭތެރޭގެ ވަގުތެއް ހިމެނެއެވެ.
https://www.youtube.com/watch?v=MHMduYMyzbs
ގިނަ ސުވާލުތަކެއް އުފެދިފައިވާ "މަޒްލޫމް"ގެ ވާހަކަ ޑައިރެކްޓަރުގެ ދުލުން އަޑު އަހައިލަން ބޭނުންވިއެވެ. ކަޒްމިކްގެ ސްޓޫޑިއޯގައި އިށީނދެލައި އިންޓަވިއު ފެށީމެވެ.
ޑައިރެކްޓަރު އިލިޔާސް ވަހީދު[/caption]
"ބޭނުންވީ ސޯޝަލް އިޝޫތަކަށް އެއްޗެއް ހަދަން. ފުރަތަމަ ސްޓޯރީއަކީ ރޭޕްގެ ޓޫ ސައިޑްސް. ދެވަނަ އެޕިސޯޑަކީ ނެގްލެކްޓް ކޮށްފަ ހުންނަ ކުޑަ ކުއްޖެއް، އެކަނި ހުންނަ ކުއްޖެއްގެ ސްޓޯރީ. ދެން ތިންވަނަ އެޕިސޯޑުގެ ޓްރެއިލާ ބަލައިފަ ތިބި މީހުންނަށް މިހާރު އެނގޭނެ އެއީ ފެމިލީ ކޮންމެވެސް ކަމެއްކަން. ދެން އެކަމަކު ގެވެށި އަނިޔާކަމެއް ނޫނީ އިތުރު ކަމެއްކަން އެނގޭނީ ބަލާލީމަ" ވާހަކައިގެ ކުރި މަރައިނުލާން އިއްލެ ހިފަހައްޓައިލިއެވެ.
ފިލްމު "ބަވަތި" ގެ ޝޫޓިންގެ ތެރެއިން[/caption]
ކުޑަކޮށް ވިސްނައިލުމަށް ފަހު ޖަވާބު އިތުރަށް ތަފްސީލުކޮށްދިނެވެ. "އަސްލު ބަވަތީގަ ވެސް ލޯބި އެބަ ހިމެނޭ. މަޒްލޫމްގަ ވެސް" އިއްލެ ފާހަގަކުރީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ވާހަކައެވެ. އިއްލެ ބުނި ގޮތުގައި ލޯތްބަކީ ހަމައެކަނި ދެމަފިރިން ނޫނީ ދެ ލޯބިވެރިންގެ ދެމެދުގައި އޮންނަ އެއްޗެއް ނޫނެވެ. ލޯބި ބަޔާންކުރެވޭނެ އެތައް ގޮތްތަކެއް ހުންނާނެއެވެ. "މިންޖު"ގައި ވެސް ކިޔައިދޭނީ ޒާތެއްގެ ލޯތްބެއްގެ ވާހަކައެކެވެ.
"ދަރިއަކާ މަންމައަކާ ދެމެދު ވެސް އެއީ ލޯބި ކަންނޭނގެ. މިންޖުގަ ފެންނާނީ އެކަހަލަ ލޯތްބެއް" އަނެއްކާ ވެސް މިންޖުގެ އިތުރު ވާހަކައެއް އިއްލެ ބުނެދިނެވެ.
"މަޒްލޫމް"ގެ ކޮންސެޕްޓު އުފެދުނީ ކިހިނެއް؟
"އަސްލު ވީގޮތަކީ ދެވަނަ ލޮކްޑައުންއަކަށް ގޮސްގެން އުޅުނުއިރު، އެއީ ކަޒްމިކް ވެސް ހަމަ އުފެދުނުއިރު، ހަމަ ފުރަތަކަ ކުޑަކުޑަ ދެ ކޮންސެޕްޓް ހެދީ. ކުރު ފިލްމެއްގެ ދެ ކޮންސެޕްޓް ހަދާފަ ދޭތި ވެސް އެއް ލޮކޭޝަނެއްގަ، ސޯޝަލް ޑިސްޓެންސިންގަ ޝޫޓު ކުރެވޭގޮތަށް އޭރު ރޭވީ ވެސް" މަޒްލޫމް އުފެދުނު ގޮތުގެ ވާހަކަ ކިޔައިދެމުން އިއްލެ ބުންޏެވެ. އިއްލެ ބުނީ މަޒްލޫމްގެ އެންމެ ބޮޑު ބޭނުމަކީ "ކަޒްމިކް އިންޓަރނޭޝަނަލް" އާއި "އައި ފިލްމްސް"ގެ ބެނާގެ ދަށުން އެއްޗެއް އުފައްދައި ބެލުންތެރިންނާއި ހަމައަށް ގެނަސްދިނުން ކަމަށެވެ. އަނެއްކޮޅުން މި ދެ ޕްރޮޑަކްޝަން ހައުސްގެ ދަށުން މަސައްކަތްކުރާ ތަރިންނަށް މާލީގޮތުން ދިމާވެފައިވާ ދަތިތަކަށް ކޮންމެ ވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދިނުންކަމަށް ބުންޏެވެ. އިއްލެ ބުނި ގޮތުގައި "މަޒްލޫމް"ގެ ޓީޒާއެއް ޝޫޓުކޮށް އެންމެ ފުރަތަމަ ދޫކޮށްލީ ޓިކްޓޮކަށެވެ. އޭގައި ސްޓްރީމިން ރައިޓްސް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލުމާ ގުޅިގެން ބައިސްކޯފުން ޝައުގުވެރިކަން ފާޅުކުރިއެވެ. އަދި އިތުރު ދެ ސްޓޯރީ ލައިނާ އެކު މުޅި ޖުމްލަ 4 ކުރު ފިލްމުގެ އެންތޮލޮޖީއެއް ހަދަން ބޭނުންވުމުން އެގޮތަށް ނިންމީއެވެ. [caption id="attachment_120889" align="alignnone" width="1210"]
ޑައިރެކްޓަރު އިލިޔާސް ވަހީދު[/caption]
"ބޭނުންވީ ސޯޝަލް އިޝޫތަކަށް އެއްޗެއް ހަދަން. ފުރަތަމަ ސްޓޯރީއަކީ ރޭޕްގެ ޓޫ ސައިޑްސް. ދެވަނަ އެޕިސޯޑަކީ ނެގްލެކްޓް ކޮށްފަ ހުންނަ ކުޑަ ކުއްޖެއް، އެކަނި ހުންނަ ކުއްޖެއްގެ ސްޓޯރީ. ދެން ތިންވަނަ އެޕިސޯޑުގެ ޓްރެއިލާ ބަލައިފަ ތިބި މީހުންނަށް މިހާރު އެނގޭނެ އެއީ ފެމިލީ ކޮންމެވެސް ކަމެއްކަން. ދެން އެކަމަކު ގެވެށި އަނިޔާކަމެއް ނޫނީ އިތުރު ކަމެއްކަން އެނގޭނީ ބަލާލީމަ" ވާހަކައިގެ ކުރި މަރައިނުލާން އިއްލެ ހިފަހައްޓައިލިއެވެ.
މުޅި ވާހަކަ ވަށާ ޖެހޭނީ ހަތަރު ޗެޕްޓާއާ އެކު
"މަޒްލޫމް" ގެނެސްދެނީ ކުރިން ވެސް ދެންނެވި ގޮތަށް ހަތަރު އެޕިސޯޑަކަށް ނުވަތަ ޗެޕްޓާއަކަށެވެ. ކޮންމެ އެޕިސޯޑެއް އަނެއް އެޕިސޯޑާ ގުޅެނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ފުރަތަމަ އެޕިސޯޑުގައި ކުޑަ ރޯލަކުން ފެނުނު ކެރެކްޓާއެއްގެ ވާހަކަ ދެވަނަ އެޕިސޯޑުގައި ކިޔައިދިންއިރު ތިންވަނަ އެޕިސޯޑުގައިވެސް ގެނެސްދިނީ ފުރަތަމަ އެޕިސޯޑުގެ ކެރެކްޓާއެއްގެ ސްޓޯރީ ލައިނެވެ. އިއްލެ ބުނީ އެންތޮލޮޖީ މުޅިން ނިއުޅައިލާނީ ހަތަރުވަނަ އެޕިސޯޑުގައި ކަމަށެވެ. އަދި އެއް ޗެޕްޓާ އަނެއް ޗެޕްޓާއާ ގުޅި މުޅި ވާހަކަ ވަށާ ޖެހޭނީ އެންތޮލޮޖީ ނިމޭއިރު ކަމަށް ބުންޏެވެ. https://www.youtube.com/watch?v=ddaoXwUx1-Y "މިވެނި ކެރެކްޓާއަކަށް ވީ ކިހިނެއްތޯ ނޫނީ މިވެނި ކެރެކްޓާއެއް ވީ ކޮންތާކުތޯ އެ ހުރިހާ ސުވާލެއްގެ ޖަވާބު ބެލުންތެރިންނަށް ލިބޭނެ. އިއްލެއަށް ހީވަނީ ބަލާ މީހަކު ވަރަށް ސެޓިސްފައި ވާނެ ކަންނޭނގެ. ކްލޯޝާ ލިބިގެން ކަންނޭނގެ ނިމޭނީ" މިވާހަކަ އިތުރަކަށް އިއްލެ ތަފްސީލެއް ނުކޮށްދިނެވެ."ޓިޕިކަލް" ލޯބީގެ ފިލްމެއް އިއްލެގެ ނުފެންނާނެތޯ ކުރެވޭ ސުވާލު
ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތަކުގެ ގޮތުގައި ގިނައީ ލޯބީގެ ވާހަކަ ކިޔައިދިން ފިލްމުތަކެވެ. "ޓިޕިކަލް" ނުވަތަ އާންމުކޮށް ދިވެހިންނަށް އެންމެ ކަމުދާ ފިލްމުތަކަކީ ވެސް މިއީއޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. "ކަލާޔާނުލާ"، "ދެރިޔާ"، "އަމާނާތް"، "ބޮސް" މިހެން ގޮސް ދިވެހި ސިނަމާގައި މެލޯޑްރާމާއަށް އޮތް ސަޕޯޓު ވަރަށް ވެސް ބޮޑުކަން ފެންނަ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. މިއީ ވެސް މޮޅެތި ފިލްމުތަކެވެ. މިލިއަނުން އާމްދަނީ ވެސް ހޯދި ފިލްމުތަކެވެ. "އާންމުކޮށް މި ކިޔައިދޭ ލޯބީގެ ވާހަކައެއް ނޫނީ އެފަދަ ފިލްމެއް ނުހަދާނަމެކޭ ނުބުނާނަން. އެބަ ހުރި ބައެއް އައިޑިއާޒްތައް ވެސް. އެކަމަކު އެހެން މީހުން ހަދާ ފިލްމުތަކާ އެއްގޮތް ނުވެދާނެ ކަންނޭނގެ އިއްލެ ހަދާ ފިލްމު" ވަރަށް ކުރުކޮށް އިއްލެ ބުންޏެވެ. [caption id="attachment_120888" align="alignnone" width="1280"]
ފިލްމު "ބަވަތި" ގެ ޝޫޓިންގެ ތެރެއިން[/caption]
ކުޑަކޮށް ވިސްނައިލުމަށް ފަހު ޖަވާބު އިތުރަށް ތަފްސީލުކޮށްދިނެވެ. "އަސްލު ބަވަތީގަ ވެސް ލޯބި އެބަ ހިމެނޭ. މަޒްލޫމްގަ ވެސް" އިއްލެ ފާހަގަކުރީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ވާހަކައެވެ. އިއްލެ ބުނި ގޮތުގައި ލޯތްބަކީ ހަމައެކަނި ދެމަފިރިން ނޫނީ ދެ ލޯބިވެރިންގެ ދެމެދުގައި އޮންނަ އެއްޗެއް ނޫނެވެ. ލޯބި ބަޔާންކުރެވޭނެ އެތައް ގޮތްތަކެއް ހުންނާނެއެވެ. "މިންޖު"ގައި ވެސް ކިޔައިދޭނީ ޒާތެއްގެ ލޯތްބެއްގެ ވާހަކައެކެވެ.
"ދަރިއަކާ މަންމައަކާ ދެމެދު ވެސް އެއީ ލޯބި ކަންނޭނގެ. މިންޖުގަ ފެންނާނީ އެކަހަލަ ލޯތްބެއް" އަނެއްކާ ވެސް މިންޖުގެ އިތުރު ވާހަކައެއް އިއްލެ ބުނެދިނެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.