Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަޙްމޫދުގެ މަރު: ތަހުގީގުގެ ބޭނުމަށް ސާލިމް ރަށުގެ އެކި ތަންތަނަށް ގެންގޮސްފި!

މަޙްމޫދުގެ މަރު: ތަހުގީގުގެ ބޭނުމަށް ސާލިމް ރަށުގެ އެކި ތަންތަނަށް ގެންގޮސްފި!

އދ. ދަނގެތީގައި މި މަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރައިލި އެ ރަށުގެ ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފަައިވާ ބިދޭސީ މީހާ، ތަހުގީގުގެ ބޭނުމަށް މިއަދު އެ ރަށުގެ އެކި ތަންތަނަށް ގެންދިޔަ މައުލޫމާތު ލިބިއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް، ޕޮލިސް ސްޓޭޝަނުން ނެރެގެން ރަށުގެ އެކި ތަންތަނަށް ގެންގޮސްފައި ކަމަށެވެ.

"ހީވާ ގޮތުގައި އޭނާ ލައްވާ ފުލުހުން އެކަން ހިނގައި ދިޔަ ގޮތް ކިޔައިދެނީ. ރަށުގެ ބައެއް ތަންތަން ފުލުހުން ޓޭޕު ދަމައި ބަންދު ވެސް ކޮށްފައި ހުރީ. ސާލިމު ގެންދިޔަ މަޙްމޫދު އެއްލައިލައިފަ އޮތް ވަޅު ހުރި ގޯއްޗަށް ވެސް" ނަން ހާމަ ނުކުރުމަށް އެދި އެ ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

މިކަމާ ގުޅޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލު ރައީސް މުއާވިޔަތު ރަޝީދު ވެސް ވިދާޅުވީ ތަހުގީގުގެ ބޭނުމަށް މިއަދު ސާލިމް ނެރެގެން ރަށުގެ އެކި ތަންތަނަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި އޭނާ ދިރިއުޅޭ ގެ ވެސް ހިމެނޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް