ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަނީ
ކާށިދޫ ކަނޑަށް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މާލެއިން ބ.އަތޮޅަށް ދަތުރުކުރި ދޯންޏަކުން 22 އަހަރުގެ ފިރިހެނަކު ކާށިދޫ ކަނޑަށް ވެއްޓި ގެއްލިގެން ފުލުހުންނަށް މިއަދު 11.00ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ދަތުރުކުރީ މުދާ އުފުލާ ދޯންޏެއްގައެެވެ. އެމީހާއަކީ ދިވެހި ފިރިހެނެކެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލެއިން ފުރައިގެން ހުޅުމާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކާށިދޫ ބޭރުން އެ މީހާ ވެއްޓިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ފަށައިފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ޓްރެކްސޫޓްއެކެވެ.
Ads by Allied Insurance