Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހިޔާގެ އަގުތަކާ ގުޅިގެން އޮޑިޓުން ނެރުނީ ސިޔާސީ ރިޕޯޓެއް: މުޢިއްޒު

ހިޔާގެ އަގުތަކާ ގުޅިގެން އޮޑިޓުން ނެރުނީ ސިޔާސީ ރިޕޯޓެއް: މުޢިއްޒު

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު، ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަމުގައި ހުންނަވާ ހިޔާ ފްލެޓްގެ ކުއްޔަކީ 6،600 ރުފިޔާ ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށް އޮޑިޓުން ދެއްކުމާއި ގުޅިގެން، އެ ރިޕޯޓަށް މުޢިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ ނެރުއްވި ރިޕޯޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހަދައިފައިވާ 7000 ހައުސިންގ ޔުނިޓަށް ދައްކަން ޖެހޭ އަގު ކަމަށް ކުރީގެ ސަރުކާރުން ހިސާބުކޮށްފައިވާ އަގުތަކަށް ދޫކޮށްފި ނަމަ ކޮންމެ ޔުނިޓަކުން މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. ހުރިހާ ޔުނިޓަކަށް ހިސާބުކޮށްލުމުން ގާތްގަނޑަކަށް 7.9 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަަމަށް ރިޕޯޓްގައިވެއެވެ.

މި ރިޕޯޓް ސަރުކާރުން ދިރާސާ ކުރާނެ ކަމަށާއި ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.

Advertisement
Allied Insurance — Square (box)

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާ ގުޅޭ ގޮތުން "ދެން"އިން މޭޔަރު މުޢިއްޒުއާ ސުވާލު ކުރުމުން ވިދާޅުވީ، އެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށެވެ. އަދި އޮޑިޓް އޮފީހަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ޤާނޫނުން ބުނާ ކަމަށާއި އެންމެން ވެސް ދެކެނީ އެއީ މިނިވަން މުއައްސަސާއެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ މުއައްސަސާއިން ނެރުނު ރިޕޯޓަކީ އެއްވެސް މިނިވަން ކަމެއް، "އިންޓަގްރިޓީއެއް" ނެތް ރިޕޯޓެއް ކަމަށް މުޢިއްޒު ވިދާޅުވުއެވެ.

"އެހެން ނަމަވެސް ފެނިގެން މިދަނީ މިހާރު، އޮޑިޓް އޮފީހަކީ މިނިވަން މުއަައްސަސާއަކަށް ވުރެ ބޮޑަށް ސިޔާސީ ރިޕޯޓް ނެރޭ ބައެއްގެ ގޮތުގައި. މި ނެރުނު ރިޕޯޓަކީ ސިޔާސީ ރިޕޯޓެއްގެ ގޮތުގައި އަޅުގަނޑަށް ސިފަ ކުރެވެނީ." މުޢިއްޒު ވިދާޅުވީ އޮޓިޑަރ ޖެނެރަލްގެ ރިޕޯޓްގައި އޮތީ އެޗްޑީސީގެ ހިސާބުތައް ނަކަލުކޮށްފައި ކަމަށެވެ.

[caption id="attachment_73967" align="alignnone" width="1024"]<img class="wp-image-73967 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/photo_2021-03-31_10-36-27-1024x683.jpg" alt="" width="1024" height="683" /> ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް[/caption]

މި ސަރުކާރުން ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި ކަނޑައެޅި އަދަދު ބޮޑުވެގެން ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. އަދި ކުރީ ސަރުކާރުން ކަނޑައެޅި އަގުތަކަށް ފްލެޓްތައް ދިނުމަށް ފްލެޓް ލިބުނު ފަރާތްތަކުންދަނީ ގޮވައިލަމުންނެވެ. އެކަމަށް އެދި ޑރ.މުޢިއްޒު ވެސް ސަރުކާރުގައި އެތައް ފަހަރަކު ވަނީ ދަންނަވައިފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި 6،600 ރުފިޔާ ނަގަން ނިންމައިފައިވީ ނަމަވެސް މި ސަރުކާރުން ވަނީ އެ އަގަށް ބަދަލުގެނެސް ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މަހަކު 7500 އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު ޖުމްލަ 8500 ރުފިޔާ ދައްކަން ޖެހޭނެކަމަށް ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް