Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއަން ހައި ކޮމިޝަންގެ ކާރުކޮޅުގައި ޖެހުނު ސައިކަލެއް ޓޯކޮށްފި

އިންޑިއަން ހައި ކޮމިޝަންގެ ކާރުކޮޅުގައި ޖެހުނު ސައިކަލެއް ޓޯކޮށްފި

އިންޑިއަން ހައި ކޮމިޝަންގެ ކާރުކޮޅުގައި ޖެހުނު ސައިކަލެއް ޓޯ ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިންޑިއަން ހައި ކޮމިޝަންގެ ކާރުކޮޅުގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލެގައި ހުންނަ ފުލުސް އޮފީހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަކީ ކާރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ. އެހެން ނަމަވެސް އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސެންސެ ނެތް މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ވިދާޅުވީ އެ އެކްސިޑެންޓުގައި ކާރުގައި ޖެހުނު ސައިކަލު މިހާރު ޓޯ ކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުވި ކާރާއި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ކުދ ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް