Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދުވާލަކު 8000 މީހުންނަށް ވެކްސިން ދިނުމުގެ ޤާބިލްކަން އެބަހުރި: ނަސީމް

ދުވާލަކު 8000 މީހުންނަށް ވެކްސިން ދިނުމުގެ ޤާބިލްކަން އެބަހުރި: ނަސީމް

ރާއްޖޭގައި ދުވާލަކު 8000 މީހުންނަށް ވެކްސިން ދިނުމުގެ ޤާބިލްކަން އެބަހުރި ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވެފައިވަނީ “ޕީއެސްއެމް ނިއުންސް”އިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދުވާލަކު 8000 މީހުންނަށް ވެކްސިން ދިނުމުގެ ޤާބިލްކަން އެބަހުރި ކަމަށާއި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100،000 ވެކްސިން ޑޯޒް 50،000 މީހުންނަށް ދެވޭނެ ކަމަށެވެ.

ކޮވިޑަށް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މިދިޔަ ހޯމަދުވަހު އެވެ. ރާއްޖޭގައި މިވަގުތު ދެމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ، އަދި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އަސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ.

Advertisement
Allied Insurance — Square (box)

އިއްޔެގެ ނިޔަލަށް 3،204 މީހުންނަށް ވަނީ ވެކްސިން ޖަހައިފައެވެ.ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ޑޭޓާއަަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއްޔެ އަތޮޅު ތެރެއިން 216 މީހަކަށް އަދި މާލެ ސަރަޙައްދުން 787 މީހުންނަށް ވެކްސިން ދީފައިވެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވެފައި ވަނީ ޑަބްލިއުއެޗްއޯއާއި، އެސްޓްރަޒެނެކާ އަދި ފައިޒާ ވެކްސިންވެސް ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް