މަޙްމޫދުގެ ފޯނު ހޯދިގޮތް ފުލުހުން ހާމަކޮށްފި
މިމަހު 14 ވަނަ ދުވަހު އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރައިލުމަށް ފަހު ވަޅަކަށް ފައްތައިފައި އޮއްވާ ފެނުނު މަހްމޫދުގެ ފޯނު ފުލުހުން ހޯދައިފައި ވަނީ ވަޅުލައިފައި ވަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ފިޔަވައި އެ މައްސަލައާ ގުޅުމެއް ހުރި އިތުރު މީހަކު އަދި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ.
ފުލުުހުން މިއަަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ކަމަށްވާ، ޝާ އަލޮމް މިއާ (ސާލިމް) އުޅުނު ގެ ފާސްކޮށް މައްސަލައާ ގުޅުން ހުރި ވަރަށް ގިނަ އެއްޗެހި ވަޅުލައިފައި ވަނިކޮށް ހޯދައިފައިވާ ކަމަށާއި އެ ތަކެތި މިހާރު ތަޙްލީލް ކުރަމުން އަންނަ ކަމަށެވެ. ހޯދި ތަކެތީގެ ތެރޭގައި މަޙްމޫދުގެ ފޯނާއި އައިޑީ ކާޑް ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ސާލިމް ހައްޔަރުކޮށްފައި ވަނީ މަޙްމޫދު މަރާލިތާ ދެ ދުވަސް ފަހުންނެވެ. މި ވަގުތު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މިއީ ފުލުހުން މިމައްސަލައިގައި ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.
މަހުމޫދުގެ މަރާ ގުޅިގެން ދަނގެތީ ރައްޔިތުން ތުހުމަތު ކުރި ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފައެވެ.
މަހްމޫދަށް އަނިޔާކޮށް މަރައިލި ކަމަށް ތުހުމަތުކޮށްފައި ވަނީ އެރަށުގައި އުޅޭ އެހެން ރަށެއްގެ ދެ މީހަކަށެވެ. މަހްމޫދުގެ ހަށިގަނޑު ފެނުނުތާ ގަޑިއެއް ހާއިރު ވެސް ނުވަނީސް ރައްޔިތުން ނުކުމެ ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ފުލުސް އޮފީހާ ހަވާލުކޮށްފައެވެ. ފަހުން އެ ދެމީހުން ވަނީ މަހިބަދުއަށް ގެންގޮސްފައެވެ.
ޕޮލިހުން ތަންކޮޅެއް ތަފްޞީލުކޮށް ކިޔާދީފިއްޔާ ހާދަރަނގަޅޭ. ޕޮލހުންކުރާ ބުރަ މަސައްކަތަށް ޝުކުރިއްޔާ
ފުލުހުންކުރާ މަސައްކަތަށް ޝުކުރު ޙައްޤު އިރާދަކުރެއްވިއްޔާ މަޙުމޫދުބެގެ ޢާއިލާއަށް އިންސާފް ލިބޭނެ. ނޫސްވެރިން ހިއްވަރުކޮށްލާ