ޚަބަރު

އަންނަ އާދީއްތަ ދުވަހު ބަޖެޓް ހުށަހަޅަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިފެށޭ ހަފްތާގެ އާދީއްތަ ދުވަހު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކަމަށެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ހުށަހަޅުއްވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުން ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މިހާތަަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 15.1 ބިލިއަން ރުފިޔާއެވެ.

މި އަހަރަށް ސަރުކާރުން ކަނޑައެޅީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކުރާ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު މިންވަރެއް ހޭދަކޮށްފައި ވަނީ ހިންގުމުގެ ޚަރަދުތަކަށެވެ. އެގޮތުން ޖުމްލަ 17،637.0 މިލިއަން (17.6 ބިލިއަން) ރުފިޔާ ދައުލަތުން ވަނީ ރިކަރަންޓު ޚަރަދަށް ހޭދަކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ކެޕިޓަލް ޚަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!