ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

އަންނަ މަހު 20ގައި އޮންނަ ސަރުކާރުގެ އޮފީސްތަކުގެ ފުޓްބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ވިމެން ފުޓްސަލް ފިއެސްޓާރ ޕްލެޓިނަމް ޕާޓްނަރުކަން އުރީދޫއިން ނަގައިފިއެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 32 ޓީމެއް ބައިވެރިވެއެވެ. އަދި އަންހެން ފުޓްސަލް ފިއެސްޓަރގައި އަށް ޓީމް ބައިވެރިވެއެވެ.
މިދިޔަ ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައި ވަނީ ބީއެމްއެލުންނެވެ. އަދި އަންހެނުންގެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ އެމްޕީއެލްއެވެ. މިއީ ރާއްޖޭގައި އޮފީސްތަކަށް ހުޅުވައިލައިގެން ބާއްވާ އެންމެ ބޮޑު މުބާރާތެވެ.
އަންނަ މަހު ހަތަރުވަނަ ދުވަހު ބާއްވަން ކުރިން ނިންމި ނަމަވެސް، މިހާރު މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 20އިން އަންނަ ޑިސެމްބަރު 21އަށެވެ.