އަދާލަތު ޕާޓީގެ މައިގަނޑު މަސައްކަތަކީ ލާދީނިއްޔަތުގެ މޫނުމަތީގައި ފުށް ޖަހައިދިނުން: އަލީ ރަމީޒު

އަދާލަތު ޕާޓީގެ މައިގަނޑު މަސައްކަތަކީ ލާދީނިއްޔަތުގެ މޫނުމަތީގައި ފުށް ޖަހައިދިނުން ކަމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ސަލަފު ޖަމްއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓާ މެދު ސުލޫކީ ފިޔަވަޅުއެޅުމަށް ޖޭއެސްސީން ނިންމި ނިންމުމާ ބެހޭ ގޮތުން މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
އިސްލާމީ ޝަރީޢަތުގެ ދާރިސުން ސަރުކާރުގެ މަޤާމުތަކުން ފޭކޮށް، އެއްކިބާކުރުމަކީ ދިވެހިރާއްޖެ ލާދީނީކުރުމުގެ އެމްޑީއެންގެ ޕްލޭންގެ ދަށުން،އެމްޑީޕީ ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށާއި އިސްލާމީ ތަނބުތައް މުގުރުމުގައި މިއަދު އަދާލަތު ވެސް ހިއްސާވާކަމީ ހިތި ޙަޤީޤަތެއް ކަމަށް ބުނެ ސަލަފު ޖަމްއިއްޔާގެ ރައީސް އަބްދުﷲ ކުރެއްވި ޓްވީޓު ރީޓްވީޓް ކުރައްވައި އަލީ ރަމީޒު ވިދާޅުވީ "ހިއްސާ އެކަންޏެއް ނޫން ވަނީކީއެއް. ލާ ދީނީިއްޔަތުގެ މޫނުމަތީ ފުށް ޖަހައިދިނުން އެއީ އެބައިމީހުންގެ މައިގަނޑު މަސައްކަތަކީ" މިހެންނެވެ.
https://twitter.com/aliramyz/status/1453315351295389697?t=Xc1gMKzdJpc7z6CgAkkBuw&s=19
އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު އެކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބް އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލައެއްގައި އޭނާއާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމި ނިންމުމަށް ދީީނީ ކަންކަމުގައި އުޅުއްވާ ގިނަ ފަރާތްތަކަކުން ދަނީ ފާޑުކިޔަމުންނެވެ.
މިގޮތުން ޑރ. އިޔާޒް ވިދާޅުވީ ފަނޑިޔާރު މައްސަލަ އެއް ނިންމިގޮތް ރަނގަޅު ނޫންވީމާ އެކަމާ ހިތްހަމަ ނުޖެހޭ ނަމަ ދާން އޮންނަނީ މަތީ ކޯޓަކަށް ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އަމަލުތައް ހުންނަ ގޮތުން ހީވަނީ އެއީ ސުޕްރީމް ކޯޓަށްވުރެ ވެސް މަތީ ކޯޓެއްހެން ކަމަށެވެ.





.webp)

ކޮމެންޓް