Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާ ފުލެޓްގެ ކުލި ކަނޑައެޅުނު ގޮތުގެ އޯޑިޓް ރިޕޯޓް އޭސީސީން ދިރާސާކުރަނީ

ހިޔާ ފުލެޓްގެ ކުލި ކަނޑައެޅުނު ގޮތުގެ އޯޑިޓް ރިޕޯޓް އޭސީސީން ދިރާސާކުރަނީ

ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓްތައް ދޭން ނިންމި ކުލީގެ އަގު ކަނޑައެޅި ގޮތަށް އެ ފުލެޓުތައް ދީފި ނަމަ މިލިއަނުން ގެއްލުންވާނެކަން ފާހަގަކޮށްފައިވާ ރިޕޯޓް ދިރާސާ ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޯޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ވިދާޅުވީ ހިޔާ ފުލެޓްތަކުގެ ކުލި 6،600 ރުފިޔާއަށް ކުޑަ ކުރުމުން ކޮންމެ ފުލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށެވެ.

އެއާ އެކު ކުރީ ސަރުކާރުގެ ފަރާތުން އެކަން ވަނީ ދޮގުކޮށް މި ރިޕޯޓަށް ފާޑުކިޔައިފައެވެ.

Advertisement
Allied — Dhen Online (box)

އޭސީސީން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް އޭސީސީން ކުރަމުންދާކަމަށާއި ދިރާސާ ކުރުމަށް ފަހު، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމުގައިވާ ނަމަ އެކަން ކުރާނެކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި 6،600 ރުފިޔާ ނަގަން ނިންމައިފައިވީ ނަމަވެސް މި ސަރުކާރުން ވަނީ އެ އަގަށް ބަދަލު ގެނެސް ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މަހަކު 7500 އަދި މެއިންޓެނެންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާ އެކު ޖުމްލަ 8500 ރުފިޔާ ދައްކަން ޖެހޭނެކަމަށް ނިންމައިފައެވެ. އެހެން ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފްލެޓުގެ ސައްޙަ އަގަކީ ޔުނިޓަކަށް މަހަކު 10،419 ރުފިޔާކަމަށެވެ.

މިކަމާ ގުޅިގެން ހިޔާ ފުލެޓުތަކުގެ ވެރިންނާއި އިދިކޮޅުން ބުނަމުންދާ ގޮތުގައި މި އަދަދަކީ އެފުލެޓްތަކާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށާއި ކުލީގެ އަގު ކުޑަކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް