ދުނިޔެ

ރާނީ އެލިޒަބެތުގެ ހާލުކޮޅު ދެރަ: އިތުރު ދެ ހަފްތާ ވަންދެން އަރާމުކުރަން ޑޮކްޓަރުން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ ސިއްޙީ ހާލުކޮޅު އަންނަނީ އިތުރަށް ދަށްވަމުން ކަމަށާއި، އެހެންކަމުން ދެ ހަފްތާ ވަންދެން އެއްވެސް މަސައްކަތެއްނުކޮށް އެނދުގައި އަރާމު ކުރަން ޑޮކްޓަރުން އިރުޝާދު ދީފިކަމަށް ބަކިންގްހަމް ޕެލެސްއިން މައުލޫމާތު ދީފިއެވެ.

Ads by Sosun Fihaara

ބަކިންގްހަމް ޕެލެސްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރާނީގެ ހާލުކޮޅު އަދިވެސް ދެރަ ކަމަށާއި އެހެންކަމުން އެންމެ މަދު ވެގެން ދެ ހަފްތާ ވަންދެން އަރާމު ކުރުމަށް ޑޮކްޓަރުން އެންގި ކަމަށެވެ. އަދި ކޮންމެހެން ތެދުވަން ޖެހިގެން ނޫނީ ނުތެދުވުމަށް ވެސް އަންގައިފައިވާ ކަމަށް ބުންޏެވެ.

ސިއްޙީ ހާލުކޮޅު ދެރަ ނަމަވެސް، އެކި ހަނގުރާމަތަކުގައި މަރުވެގެން ދިޔަ އެ ޤައުމުގެ ސިފައިންގެ ހަނދާނުގައި އަންނަ މަހު 14ގައި ބާއްވާ ޙަފްލާގައި ރާނީ އެލިޒަބެތު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެކަމަނާ ދެންނެވި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ އިތުރުން ރާނީ އެލިޒަބަތަކީ އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއު ޒީލެންޑްގެ ރާނީއެވެ. އެކަމަނާގެ ސިއްޙީ ހާލަތު ދެރަވެ، މިދިޔަ ހަފްތާގައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓު ވެސް ކޮށްފައެވެ. ނަމަވެސް ރާނީ ކޮވިޑަށް ނައްސި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance
  1. މުޑުވައް

    އިނގިރޭސިވިލާތުގެ އިތުރުން ރާނީ އެލިޒަބެތުއަކީ އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއު ޒީލެންޑްގެ ގެ ރާނީއެވެ.