ދުނިޔެ

ކޮޕް26 ސަމިޓަކީ ކޮބާ؟

ފާތިމަތު ޝާލިނީ ، ދެން އޮންލައިން

ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސަމިޓެކެވެ. ކޮޕްއަކީ މި މުއާހަދާ ތަންފީޒު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެއްމޭޒެއްގެ ދޮށަށް އަންނަ އެންމެ މަތީ ނިންމުންތައް ނިންމާ ސަމިޓެވެ. މިއީ މިފަދަ 26 ވަނަ ބައްދަލުވުމެވެ. މިހެންވެ، ކޮންފަރެންސް އޮފް ޕާޓީސް، 26 ނުވަތަ ކޮޕް26 އެވެ.

Ads by Sosun Fihaara

އެކި އަހަރު މި ސައިޓް ބާއްވަމުން އަންނަނީ އެކި ޤައުމުތަކުގައެވެ. މިގޮތުން މިއަހަރު މި ސަމިޓް ހޯސްޓް ކުރާ ޤައުމަކީ އިނގިރޭސިވިލާތެވެ. އަދި ސަމިޓް އޮންނާނީ ސްކޮޓްލޭންޑްގެ ގްލާސްގޯގެވެ.

މިއަހަރުގެ ކޮޕް ސަމިޓްގެ އަމާޒަކީ ކޮބާ؟

މިއަހަރު އޮންނަ ކޮޕް26 އެންމެ އަސާސީ އަދި އެންމެ މުހިންމު އެއް އަމާޒަކީ، ފްރިސް އެގްރީމަންޓްގެ ދަށުން، ދުނިޔޭގެ ޕްރީ-އިންޑަސްޓްރިއަލް ލެވެލްތަކަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް (2.7 ޑިގްރީ ފެރަންހައިޓް)އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް ޤައުމުތަކުން ވެފައިވާ އެއްބަސްވުމަށް މަސައްކަތް ކުރޭތޯ ބަލާ، އެ މަސައްކަތް ހަރުދަނާ ކުރުމަށް ފިޔަވަޅުއެޅުމެވެ.

ދުނިޔޭގެ ޖައްވު ހޫނުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތައް މަދުކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ޕެރިސްގައި 2015 ވަނަ އަހަރު ކުރިޔަށް ދިޔަ ސަމިޓްގައި ދީ، ޤައުމުތަކުންވަނީ އިންޓަރނޭޝަނަލް މުއާހަދާއެއްގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން 2050 ގެ ކުރިން މުޅި ދުނިޔެއިން ކާބަން ނެޓް ޒީރޯ ހާސިލްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެހީތެރިވެދިނުމުގެ ގޮތުން، މުއްސަނދި ގައުމުތަކުން 2020ގެ ކުރިން އަހަރަކު 100 ބިލިއަން ޑޮލަރު ތިމާވެށީގެ ކަންކަން ރަނގަޅު ކުރަން ދޭން ވައުދުވި ނަމަވެސް، އެކަން ނުވި ސަބަބު ދެނެގަނެ، އެ ހޯދުމަށް ވެސް މަސައްކަތް ކުރާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!