ރިޔާސީ ނިޒާމުގައި ބަޖެޓުގެ ދެބައިކުޅަ އެއްބައި ވަންނަނީ ވަޒީރުންގެ ޖީބަށް: ހަލީމް

ރިޔާސީ ނިޒާމުގައި ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ވަންނަނީ ވަޒީރުންގެ ޖީބަށް ކަމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އަމާޒުކޮށް، މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، މެންބަރު ހަލީމް ވިދާޅުވީ، ބަޖެޓުގައި ހުރިހާ މަޝްރޫއެއް ނުހިމެނޭނެ ކަމަށާއި ހިމެނޭ މަޝްރޫއުތައް ވެސް ނުނިމޭ ފަހަރު އަންނާނެ ކަމަށެވެ. އަދި ބަޖެޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ވެސް ސަރުކާރުގައި އާދޭސް ކުރަންޖެހޭ ކަމަށާއި މިނިސްޓްރީގެ މަސައްކަތްތައް ލަސް ކަމަށް ވެސް ހަލީމް ވިދާޅުވިއެެވެ.
"މިއަދު އައިސް އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅާއިރު، މިތާނގައި އިންނަވައިގެން މާ ދުރުން ވެސް އަތް ހިއްލަވައި، ގެއަށް ވެސް ސައިބޯން ވެސް ގުޅުއްވައި ކޮފީއަށް ވެސް ގެންދަވައި، މި ހުރިހާ ކަމެއް ކުރައްވައި ބަޖެޓު ފާސްކުރުމަށް ފަހު، އެއް އަހަރު ވަންދެން އަޅުގަނޑު ޖެހެނީ އާދޭސްކުރަން،" ދޮންބިލެތް ޙަލީމް ވިދާޅުވިއެވެ.
މެމްބަރު ހަލީމް އިތުރަށް ވިދާޅުވީ ތަރައްގީ ބޭނުން ނަމަ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭ ކަމަށެވެ.






ކޮމެންޓް