Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުލިގަމަކީ ރައްޔިތުން އުޅޭ ރަށެއްކަމަށް ގަބޫލުކުރީ ވެސް މި ސަރުކާރުން: ސަލީމް

އުލިގަމަކީ ރައްޔިތުން އުޅޭ ރަށެއްކަމަށް ގަބޫލުކުރީ ވެސް މި ސަރުކާރުން: ސަލީމް

ހއ.އުލިގަމަކީ ރައްޔިތުން އުޅޭ ރަށެއްކަމަށް ގަބޫލުކުރީ ވެސް މިސަރުކާރުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދިވެހި ރާއްޖޭގައިވާ އެކިއެކި ރަށްތަކުގެ ތެރެއިން އެންމެ އަގު ބޮޑު އެއް މުތުގެ ގޮތުގައި އޭނާ އަބަދުވެސް ސިފަ ކުރަނީ ހއ.އުލިގަން ކަމަށެވެ. އަދި އުލިގަމުގެ މުހިންމުކަން ބަލައިގަތީ މި ސަރުކާރުން ކަމަށާއި އުލިގަމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، އުލިގަމަކީ ވެސް ދިވެހި ރައްޔިތުން އުޅޭ ރައްށެއްކަން ބަލައިގަތް ފުރަތަމަ ސަރުކާރަކީ ވެސް މިސަރުކާރު ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ސަލީމް ވިދާޅުވީ މި ސަރުކާރުން އެ ރަށަށް ގިނަ ހިދުމަތްތަކެއް ފަހިކޮށްދެމުންދާ ކަމަށާއި މިދިޔަ ސަރުކާރުތަކުން އެ ރަށަކީ އަޅައިނުލާ ދޫކޮށްލައިފައި އޮތް ރަށެއް ކަމަށެވެ. ސަލީމް މިފަދައިން ވިދާޅުވީ ހއ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި އޭނާ ހުށަހެޅުއްވި ޤަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް