Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

3 ނޮވެމްބަރުގެ ޝަހީދުންގެ މަހާނަ ސާފުކޮށްފި

3 ނޮވެމްބަރުގެ ޝަހީދުންގެ މަހާނަ ސާފުކޮށްފި

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައިގައި ޝަހީދުވި އަބުތާލުންގެ މަހާނަތަކަށް ގިނަ ދުވަސްތަކެއް ވަންދެން އަޅައިނުލައި އޮތުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލުން އެ ތަން ސާފުކޮށް ރީތިކޮށްފިއެވެ.

މާލޭ މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮވެމްބަރު 3ގެ ޝަހީދުން ފަސްދާނުވަޑުވައިފައިވާ ތަން އެތައް އަހަރުތަކެއް ވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން އެތަން ވަރަށް ބޮޑަށް ހަޑިވެ، ވީރާނާވެފައި ވާތީ އެތަން ސާފުކުރުމުގެ މަސަައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

https://twitter.com/MMuizzu/status/1455101857081147395?t=n1VtpwR9uAMjMtWeI4CTEw&s=19

Advertisement
Allied — Dhen Online (box)

3 ނޮވެމްބަރުގެ ޝަހީދުން ފަސްދާނުވަޑުވައިފައިވާ ތަން ސާފުކޮށް އެ ތަނަށް މިއަދު ސިޓީ ކައުންސިލުން ވަނީ އައު ވެލި ވެސް އަޅައިފައެވެ.އަދި ކުލަ ލައި އާބާތުރަ ފިލުވައިފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިފަހުން މާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި އުކައިލުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިސްކިތްތަކުގެ ކައިރި މަގުތަކާއި ބައެއް ކާނުތައް ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލުން ވަނީ ކޮށްފައެވެ. މީގެ އިތުރުން މާލެ ހިޔާއާއި ސިނަމާލެ ފުލެޓު ސަރަހައްދު ސާފުކޮށް ކުނިތައް އުކައިލުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް