ދުނިޔެ

ކޮޕް26: ޖަންގަލިތައް ހިމާޔަތް ކުރަން 100އަށް ވުރެ ގިނަ ގައުމު އެއްބަސްވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ، ތިމާވެށީގެ ސަމިޓް ކޮޕް26 ގައި، 2030ވަނަ އަހަރު އަންނަން ވާއިރަށް ޖަންގަލިތައް ހިމާޔަތް ކޮށް އަލުން ފެހިކުރުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް 100އަށް ވުރެ ގިނަ ގައުމުން އެއްބަސްވެއްޖެއެވެ.

Ads by WAMCO

ޖަންގަލިތައް ހިމާޔަތްކޮށް ލިބިފައިވާ ގެއްލުންތައް ފޫބައްދަށް ގިނަ ގައުމުތަކަކުން އެއްބަސްވި ޕްރޮޖެކްޓަށް 19 ބިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމާފައިވާކަމަށް 100އަށް ވުރެ ގިނަ ގައުމުތައް އެކުވެގެން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވަނީ ބުނެފައެވެ. މި ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ރަޝިއާ، އިންޑޮނޭޝިއާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ހިމެނެއެވެ. މިގައުމުތަކަކީ ދުނިޔޭގެ ޖަންގަލިތަކުގެ 85 އިންސައްތަ ހިއްސާ ކުރާ ގައުމުތައް ކަން ވެސް ފާހަގަކޮށްލެވެއެވެ.

ތިމާވެށި ހިމާޔަތްކޮށް، ދުނިޔޭގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ، މި ޤަރުނު ނިމުމުގެ ކުރިން ރާއްޖެ ނެތިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކޮޕް26ގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށް ވުރެ މަތިނުވެ، ހިފެހެއްޓުމަށް ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މިއަހަރުގެ ކޮޕް ސަމިޓްގައި މަޝްވަރާ ކުރެވޭނެއެވެ. ސަބަބަކީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށް ވުރެ މަތިވެއްޖެ ނަމަ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!