ޚަބަރު

ޝެޑިއުލްގައި ނެތަސް ނަސްރު ދުވަހުގެ ޕްރޮގްރާމްތައް ކުރިޔަށްދާނެ: ޓީވީއެމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޓީވީއެމް ހުންނަ އިމާރާތުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް

ނަސްރުގެ ދުވަހުގެ ފްރޮގްރާމްތައް ޝެޑިއުލްގައި ނެތަސް ކޮންމެ އަހަރެކޭ ވެސް އެއްފަދައިން މި އަހަރު ވެސް އެ ޕްރޮގްރާމްތައް ކުރިއަށް ދާނެކަމަށް ޓީވީއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޢަލީ ޚާލިދު މިހެން ވިދާޅުވެފައި ވަނީ ނަސްރުގެ ދުވަހުގެ ހާއްސަ ޕްރޮގްރާމްތައް ޓީވީއެމްގެ ޝެޑިއުލްގައި ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ޚާލިދު ވިދާޅުވީ މިއަދުގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވެސް ނަސްރުގެ ދުވަހުގެ ހާއްސަ ރިޕޯޓެއް ގެނެސްދީފައިވާނެކަމަށާއި ޕްރޮގްރާމްގައި ނަސްރުގެ ދުވަހުގެ ވާހަކަ ދައްކައި އެކަން ފާހަގަ ކޮށްފައިވާނެކަމަށެވެ.

"ޓީވީއެމްގައި މިފަދަ ދުވަސްތައް މި ހުންނަނީ ކެޓަގަރައިޒް ކޮށްފައި. ދެން ނަސްރުގެ ދުވަސް މި އިންނަނީ ބީ ކެޓަގަރީގައި. މި ކެޓަގަރީގައި މިވާ ގޮތަކީ ލައިވް ޕްރޮގްރާމްތަކުގައި އެކަން ފާހަގަކޮށް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުން. މިއަދު ހެނދުނުގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވެސް މި ވަނީ މިވާހަކަ ވަރަށް ބޮޑަށް ދައްކާފައި ރިޕޯޓެއް ވެސް ހާއްސަ ގެނެސްދީފައި." ޚާލިދު ވިދާޅުވިއެވެ.

ޚާލިދު އިތުރަށް ވިދާޅުވީ ޝެޑިއުލްގައި ނެތް ނަމަވެސް ނަސްރުގެ ދުވަހުގެ ހާއްސަ ޕްރޮގްރާމެއް މެންދުރު ފަހުގެ ވެސް ގެންނަގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓީވީއެމްގެ މިއަދުގެ ޝެޑިއުލް؛ ފޮޓޯ ޓީވީއެމް ފޭސްބުކް

"މެންދުރު ފަހު ވެސް އެބަ އޮތް ޕްރޮގްރާމެއް. ނޭނގެ ކީއްވެ ކަމެއް ޝެޑިއުލްގައި ނެތީ. އެކަމަކު އެބައޮތް މެންދުރުފަހުު ވެސް ހާއްސަ ޕްރޮގްރާމެއް. ދެން ކޮންމެ އަހަރެއްގައި ވެސް ފާހަގަ ކުރާ ގޮތަށް މިއަހަރު ވެސް ހަމަ ފާހަގަ ކުރާނެ. އެހެން އަހަރުތަކުގައި ވެސް މިގޮތަށް މިކަން ފާހަގަ ކުރަމުން އައީ ލައިވް ޕްރޮގްރާމް ތަކުގެ ތެރެއިން" އޭނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަހު އެއްވެސް ޕްރޮގްރާމެއް ޓީވީއެމްގެ ޝެޑިއުލްގައި ނެތުމުން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ފާޑުކިޔަމުންނެވެ. މިގޮތުން މިއީ ދައުލަތުގެ ޓީވީއިން ކޮށްފައިވާ ވަރަށް ދެރަ ކަމެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!