Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިނިސްޓަރ އިމްރާނާއި ސީޕީ ހަމީދު އަތޮޅުތަކަށް ދަތުރު ފައްޓަވައިފި

މިނިސްޓަރ އިމްރާނާއި ސީޕީ ހަމީދު އަތޮޅުތަކަށް ދަތުރު ފައްޓަވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އުތުރުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިއަދުން ފެށިގެން މިމަހު 7އަށް ކުރައްވާ އެ ދަތުރުފުޅުގައި، މިނިސްޓަރ އަދި ސީޕީ ދަތުރުކުރައްވަން ހަމަޖެހިފައި ވަނީ އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ހއ. ހދ. ށ. އަދި ނޯތު ޕޮލިސްގައި ހިމެނޭ ރ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.

މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މި ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

Advertisement
Allied Insurance — Square (box)

މި ދަތުރުފުޅުގައި ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އެއަށް ފަހު ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމުގެ އިތުރުން ތުރާކުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް