Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ގޮވުމާއި ދީނާ މެދު ދޮގު ހެދުން ކުށަކަށް ހަދަން ފާސްކޮށްފި

މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ގޮވުމާއި ދީނާ މެދު ދޮގު ހެދުން ކުށަކަށް ހަދަން ފާސްކޮށްފި

އާންމު ތަންތަނުގައި މުސްލިމަކާ ދިމާލަށް ކާފަރެއްކަމަށް ގޮވުމާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާ މެދު ދޮގު މައުލޫމާތު ފެތުރުމަކީ ކުށަކަށް ހެދުމަށް ކަނޑައަޅައި ނަފުރަތުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ދެ ބިލުގައި ހުރި އިސްލާހުތައް އެއްކޮށްލައި، އެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މެންބަރު ހިސާނު ހުށަހަޅުއްވައިފައިވާ އިސްލާހުތަކަކީ އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހެދުމާއި، ސޯޝަލް މީޑިއާގައި އަދި އާންމު ތަނެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރުން ކުށަކަށް ހެދުމެވެ.

Advertisement
Ooredoo — Truecaller (box)

މުސްލިމަކަށް ކާފަރަކަށް ގޮވުން ކުށަކަށް ހަދައި ހުށަހެޅި ބިލު، އާންމުންގެ ކަންބޮޑުވުންތަކާ އެކު އޭރު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އޭގައި ހުރި ގިނަ އިސްލާހުތައް މިފަހަރު ވެސް ބިލުގައި ހިމަނައިފައިވެއެވެ. އަދި ފަހުން ހުށަހެޅި ބިލުގައި ބައެއް ކަންކަން އިތުރަށް ތަފްސީލު ކޮށްދެއްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް