ޚަބަރު

ކޮޕް26 ސަމިޓްގެ މިނިސްޓަރުންގެ ބައްދަލުވުންތައް ކުރިޔަށްގެންދާނީ ޝައުނާ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްކޮޓްލޭންޑުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް "ކޮޕް26"ގެ އެޖެންޑާގައި ހިމެނޭ އެޑަޕްޓޭޝަންއާ ގުޅޭ ވަޒީރުންގެ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ އައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ކޮޕް26ގެ އެޖެންޑާގެ ދަށުން ވަޒީރުންގެ ފެންވަރުގައި ބާއްވާ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ޝައުނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިނިސްޓަރ ޝައުނާގެ މަސައްކަތްޕުޅަކީ ޕެރިސް އެގްރީމަންޓްގެ ދަށުން އެޑަޕްޓޭޝަންގެ ދުނިޔޭގެ ލަނޑުދަނޑި ކަނޑައެޅުމަށް ޓަކައި، މަސައްކަތްކުރާނެ ގޮތްތަކާއި، މި ކަންކަމާ ގުޅޭ އެއްބަސްވުމަކަށް އައުމުގެ އިތުރުން، އެޑަޕްޓޭޝަނަށްކުރާ ޚަރަދާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުން ފަދަކަންކަން ކުރުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!