ދޮގު ހަދަނީ ޖާބިރުނަމަ، ހުރިހާ ހެޔޮކަމެއް ޒައިދަށް ދީފިން: ދިޔާނާ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ ލާރީގެ ދައުވާއަކީ، ދޮގެއް ކަމަށްވާނަމަ ހުރިހާ ހެޔޮކަމެއް ޝެއިޚް ޢަލީ ޒައިދަށް ދީފިކަމުގައި ޖާބިރުގެ އަނބިކަނބަލުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ދިޔާނާގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަޑުގަދަ ކުރެއްވުމުން، ނަން އިއްވެވި މައްސަލައިގައި ޒައިދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ،
އިއްޔެ ޖަލްސާއިން ނެރުނު މައްސަލައިގައި، ނަން އިއްވުމަކީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް، ހޭއަރުވާލާނެކަމަށް ބުނެ ކުދިންކޮޅެއް ނެރެގެން ތެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ދިޔާނާ ވިދާޅުވުމުން ޝެއިޚް އަލީ ޒައިދު ވިދާޅުވީ ހަޑިހުތުރު ބަސް ބޭނުން ކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ދިޔާނާ މިކަމަށް އެއްބަސްވެ ވަޑައިގަތް ނަމަވެސް ޖަލްސާއިން ބޭރު ކުރި ނަމަ ޖަހަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އަލީ ޒައިދު ވަނީ ރައީސް މައުމޫން އަތުން ނެންގެވި ލާރިކަމަށް ބުނާ މައްސަލައިގެ ވާހަކަ މީހަކު ދައްކާފައިވާ ސްކްރީންޝޮޓެއް ހިއްސާކޮށްފައެވެ.
ޒައިދުއަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ ޝެއިޚް ޒައިދުއާއި އެކަމަނާއަކީ ހިސާބުބައްލަވާ ދުވަހެއް އޮތްކަމަށް އީމާންވާ ބައެއް ކަމަށާއި ލާރީގެ ދައުވާއަކީ، ދޮގެއް ކަމަށްވާނަމަ އޭނާގެ ހުރިހާގެ ހެޔޮ ކަމެއް ޝެއިޚް އަށް ދީފިން ކަމުގައި ދިޔާނާ ވަނީ ބުނެފައެވެ.
"މިކަމުގައި ތެދު ހައްދަވަނީ އެބޭފުޅުން ކަމަށާއި ދޮގު ހައްދަވަނީ ޖާބިރުކަމަށް ޝެއިޚް ޢަލީ ޒައިދުއަށް ޔަގީން ކުރެއްވޭނަމަ މަނިކުފާނުގެ ހުރިހާ ހެޔޮކަމެއް ނުވަތަ އެއްބައިވިޔަސް އަޅުގަނޑަށް ދެއްވާ" ދިޔާނާ ވިދާޅުވެފައިވެއެވެ.
ތި ޒައިދުއަކާ ގައިންތާހިރުނުވާ ޑރ. އަކާ މީ ދިޔާނާ، ޖާބިރު، ނަޝީދު ކަހަލަ މީހުނާ އެއް ގިންތީގެ ބައެއް. އެދެމީހުންގެ އަނގަވެސް އޮތީ ފުޅަ އަޅާފަ.
ޒައިދު ބުނީ ތިމަންނަ މި ހަދަނީ ދޮގު ކަަމަށް ވަންޔާ ތިމަންނަ އަކީ ކާފިރެކޭ.
ދިޔާނާ ބުނަނީ އޭނަ ހަދަނީ ދޮގު ކަމަށް ވަންނާ ތިމަންނަ އަކީ މުސްލިމެއް ނޫނޭ.
ތިކަމުގައި ކޯޓަށް ދާން ފެނޭ.
ޙެޔޮ އަމަލްތައް ބޭނުން އިރަކު ބޭނުންމީހަކަށް ހަދިޔާ ކުރެވޭތަ