ޚަބަރު

ސީޝޭލްސް މެޗަށް މަހުލޫފް 500 ޓިކެޓް ހިލޭ ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރު ސްރީލާންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕުގައި ރާއްޖެއިން ސީޝޭލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި 500 ޓިކެޓް ހިލޭ ދޭން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ނިންމައިފިއެވެ.

Ads by MWSC

މިނިސްޓަރް މަހްލޫފް މިހެން ވިދާޅުވެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ސަޕޯޓަރުން ހިމެނޭ ވައިބަރު ގްރޫޕެއްގައެވެ. މަހްލޫފް ވިދާޅުވީ ރާއްޖޭގެ ސަޕޯޓަރުންނަށް ޚާއްސަކޮށް 500 ޓިކެޓު ހިލޭ ދެއްވަން ގަސްދު ކުރައްވާ ކަމަށާއި އެއަށް ވުރެ އިތުރަށް ދަނޑަށް ވަންނަން ބޭނުންވާ ސަޕޯޓަރުންނަށް އިތުރު ޓިކެޓުތައް ވެސް ހޯއްދަވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު ސީޝެލްސްއާއި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނީ އެ ދުވަހު ހަވީރުއެވެ.

މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ރާއްޖެއާއި ލަންކާ ވަނީ 4-4ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އިއްޔެގެ މެޗުން ރާއްޖެ ބަލިވެ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލުނު ނަމަވެސް ރޭ ލަންކާއާއި ސީޝެލްސް ކުޅުނު މެޗުން ޝީޝެލްސް މޮޅުވުމުން ރާއްޖެ ކުޅޭ ފަހު މެޗުން މޮޅެއް ހޯދައިގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

Ads by Ooredoo
  1. މުނާޒު

    ޑޯނިއާ މަތިންދާ ބޯޓް ދުއްވަން ޕައިލެޓުން ނަށްމުސާރަ ދޭނެހާލަތުގަ ނޫން ގައުމު އޮތީ؟ ކީރިތި ގުރުއާނާ ބެހޭ ނަރުކަޒު ބޮލަށްވެއްޓެނީ މަރާމާތު ކުރާނެ ފައިސާއެއް ނެތް. މަޖާކުރާނެ ފައިސާ އެކަނި މިގައުމުގަ ހުރީ.